ދާލު މަސްވެރިންނަށް ފަސޭހައެއް | ބަނޑިދޫގައި އައިސް ޕްލާންޓެއް

ބަނޑިދޫގައި ބިންގާ އެޅި އައިސް ޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސް އުފެއްދޭނެ އައިސް ޕްލާންޓެކެވެ.

ބަނޑިދޫގައި އައިސް ޕްލާންޓުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ އެމްޑީއާ ރައީސް ޑރ. މުއިއްޒު ބައްދަލު ކުރައްވަނީ -- މިފްކޯ

ދާލު އަތޮޅުގެ މަސްވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ބޮޑު ބަދަލެއް އަންނާނެ ބަދަލެއް ފެނިގެންދާ ބަނޑިދޫ އައިސްޕްލާންޓުގެ ބިންގާ އަޅައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުމުގައި ބަނޑިދޫގައި ބިންގާ އެޅި އައިސް ޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސް އުފެއްދޭނެ އައިސް ޕްލާންޓެކެވެ. 

މި ޕްލާންޓުގެ ބިންގާ އެޅީ މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިހާމް އާއި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ.ވިތާލީ ލިޔުބޮމިވް އެވެ. 

ސަރުކާރުގެ ބަޖެޓުން އަޅަން ނިންމި މި އައިސް ޕްލާންޓުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

މިފްކޯ އިން ދަނީ އައިސް ޕްލާންޓް ވިއުގަ ވަރުގަދަ ކުރަމުންނެވެ. އެ ކުންފުނިން ދާދިފަހުން ވަނީ ފެނަކައިން ބެލެހެއްޓި 15 އައިސްޕްލާންޓާ ހަވާލުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.