ގައުމީ ބޭންކުގެ ވިއުގައަށް ފުޅާކަން | މާއެނބޫދޫ އާއި ބަނޑިދޫއަށް އޭޓީއެމް

މިހާރު ބީއެމްއެލްއިން ދަނީ 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ގާއިމްކޮށްފަ އެވެ.

ރައީސް ޑރ. މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުމުގައި މާއެނބޫދޫ އާއި ބަނޑިދޫގައި ސެލްފް ސާވިސް އޭޓީއެމް ހުޅުއްވައި ދެއްވަނީ --ބީއެމްއެލް

 ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ފުޅާކޮށް ދ. މާއެނބޫދޫ އާއި ބަނޑިދޫގައި ސެލްފް ސާވިސް އޭޓީއެމް ގާއިމްކޮށްފި އެވެ. 

ގައުމީ ބޭންކުގެ ހިދުމަތް ފުޅާކޮށް ދ. އަތޮޅުގެ ދެ ރަށެއްގައި ގާއިމްކުރި ސެލްފް ސާވިސް އޭޓީއެމްތައް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

މާއެނބޫދޫ އޭޓީއެމްގެ ހިދުމަތް

މާއެމބޫދޫގައި ގާއިމްކުރި އޭޓީއެމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މި ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށިގެން މި ދިޔައީ މުޅި ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

"މި ހިދުމަތް ފެށުމާއެކު މި ރަށުގައި އޭޓީއެމްއެއް ނެތުމުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ހިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ކުރިއަށް ގެންދާ "މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ގާއިމުކުރެވުނު ޚިދުމަތެއް،" ޝަރީފު ވިދާޅުވި އެވެ.

މާއެނބޫދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 96 ސެލްފް ސާވިސް ބޭންކިން ސެންޓަރު 153 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބަނޑިދޫއަށް ސެލްފް ސާވިސް އޭޓީއެމް

ބޭންކް އޮފް މޯލްޑިވްސް އިން ދ. ބަނޑިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ގާއިމުކޮށްފި އެވެ. މިއަދު ބަނޑިދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި އައު އޭޓީއެމް ހިދުމަތް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ހަފުލާގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ރަށުގައި އަޅުގަނޑުމެންގެ އައު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމްކުރުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް ކަމަށެވެ.

"މި ހިދުމަތާއެކު ރައްޔިތުންނަށް މިހާރު މުހިންމު މާލީ ޚިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިން މުއާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އަޅުގަނޑުމެން ދާނީ ކުރަމުން."

ބަނޑިދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު 154 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.