އެ ދެ ބޭފުޅުން އައްޔަނުކުރުމުގެ މައްސަލަ ދިރާސަކުރުމަށް ރިޔާސަތުން ވަނީ މަޖިލީިހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
ރަޝިޔާ އާއި މޮރޮކޯއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ރަޝިޔާއަށް ރާއްޖޭން ކަނޑައަޅައި ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި، ރައީސް ހުށަހަޅުއްވާފައިވަނީ ތުރުކީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
މޮރޮކޯގެ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރަން، ރައީސް މުއިއްޒު ހުށަހަޅުއްވާފައިވަނީ، ސައުދީ އަރަބިއްޔާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެ ބޭފުޅުން އައްޔަނުކުރުމުގެ މައްސަލަ ދިރާސަކުރުމަށް ރިޔާސަތުން ވަނީ މަޖިލީިހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.