އެޗްޑީސީއިން އެއް މިލިއަން ގަސް އިންދަން ހާއްސަ ޕްލޭނެއް

އެޗްޑީސީ އިން ވަނީ އެއް މިލިއަން ގަސް އިންދުމުގެ ޓާގެޓަށް ދިއުމުގެ ގޮތުން ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރަން ވެސް ނިންމާފަ އެވެ

އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް އެއް މިލިއަން ގަސް އިންދުމުގެ ވައުދުގައި ސޮއިކުރައްވަނީ -- އެޗްޑީސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި ޕްލެޖްގައި ސޮއިކޮށްފި އެވެ.  

އެމްޕީއެލް އިން ވަނީ އެއް މިލިއަން ގަސް އިންދުމުގެ ވައުދު ފުއްދުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފަ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މިއީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު ރައީސް އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ އެ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އެޗްޑީސީން ވަނީ ޕްލޭންކޮށް ގަސް ހެއްދުމަށްޓަކައި ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރަން ވެސް ނިންމާފަ އެވެ. އެގޮތުން ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެ އެވެ.

މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެއެވެ. އެޗްޑީސީގެ އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.