މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީން އެ މަގާމުގައި ހުންނެވި ރ. އިނގުރައިދޫ، ހިތްވަރު މުހައްމަދު ސަމީރު ވަކިކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
އެ މަގާމަށް އައްޔަނު ކުރެއްވީ ގއ. ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުހައްމަދެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީން އެ މަގާމުގައި ހުންނެވި ރ. އިނގުރައިދޫ، ހިތްވަރު މުހައްމަދު ސަމީރު ވަކިކުރައްވާފަ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޖޭއެސްސީ މެންބަރުކަމުގެ ހުވައި، ޔަޒްމީދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. ހުވައިލައިދެއްވީ،ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، ޔަޒްމީދު މުހައްމަދާ ވަނީ ހަވާލުކުރައްވާފަ އެވެ.