އެ ދެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ސިހުރާއި ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކޮށްފައިވަނީ އުމުރުން ދޮށީ ދެ ފިރިހެނުން ކަމަށެވެ. އެ ދެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމު ކޮށްފަ އެވެ.
އެއީ އުނގޫފާރު މުހައްމަދު އަމްޖަދު (61އ) އަދި މުހައްމަދު ވަހީދު (67އ) އެވެ.
އެ ދެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.
ރާއްޖޭގައި ސިހުރުގެ މައްސަލަ އަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. ސިހުރުގެ ވަބާ ނެތް ރަށެއް ރާއްޖޭގައި މަދެވެ.