ފައިނުގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

މިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު އެމްޓީސީސީން ވަނީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފަ އެވެ.

ފައިނުގައި އެއާޕޯޓް އެޅުމަށް އެމްއޭސީއެލް އަދި އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން --

ރ. ފައިނުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު އެމްޓީސީސީން ވަނީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފަ އެވެ.

އެމްއޭސީއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް) އަދި ޑިޒައިން މަސައްކަތްތައް އެމްޓީސީސީން ކުރިއަށް ގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އެމްއޭސީއެލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަލާހު ވިދާޅުވީ މި އެއާޕޯޓުގެ ސަބަބުން އެ އަތޮޅުގައި ޓުއަރިޒަމް ތަރައްގީވެ، ރާއްޖޭގެ ޓުއަރިޒަމްގެ މުހިންމު ހަބަކަށް ވެގެންދާނެ ކަމަށެވެ. އަދި މި އެއާޕޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ރަނގަޅު ނަފާއެއް ލިބިގެންދާނެ ކަމަށެވެ. 
 
އެމްއޭސީއެލް އިން ވެސް ބުނީ މި މަޝްރޫއަކީ، ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ އެއް އެއާޕޯޓު ކަމަށެވެ.

"އެހެންކަމުން މިއީ ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް،" އެމްއޭސީއެލް އިން ބުންޏެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.