"މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި, ކަން ހިނގާދިޔަގޮތް ތަހުގީގުކުރެއްވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަން. މި ހާދިސާގައި ފަރުވާ ހޯދަމުންދާ އެންމެހައި ފަރާތްތަކަށް އަވަސް ޝިފާ އަކަށް އެދެން،" އެޗެއާރްސީއެމުން ބުންޏެވެ.
ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވި މައްސަލަ ހިނގައިދިޔަ ގޮތް ތަހުގީގު ކުރުމަށް ހިއުމަން ރައިޓް ކޮމިޝަނުން ގޮވާލައިފި އެވެ.
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންގެ ތެރެއިން ބަޔަކު ރޭ ވަނީ ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މި ހާދިސާގެ ސަބަބުން 17 ބިދޭސީއަކަށް ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމުން ބުނީ މި ހާދިސާގައި ބައެއް ފަރާތްތައް ހާލު ދެރަވެ، ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. މައްސަލަ ގާތުން ބަލައި މޮނީޓާކުރަމުންދާ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.
"މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި, ކަން ހިނގާދިޔަގޮތް ތަހުގީގުކުރެއްވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަން. މި ހާދިސާގައި ފަރުވާ ހޯދަމުންދާ އެންމެހައި ފަރާތްތަކަށް އަވަސް ޝިފާ އަކަށް އެދެން،" އެޗެއާރްސީއެމުން ބުންޏެވެ.
މި ހާދިސާ ހިނގުމުން ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ. އެމީހުން ކާނާ ވިހަވީ ކޮންއެއްޗެއް ކައިގެން ކަމެއް ސާފެއް ނުވެ އެވެ.