މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ތަންތަނާއި ގަޑިއަށް ބަދަލެއް

އެސްޓީއޯ އިން ބުނީ މިރޭ މަސްދަޅު ކޭސް ދޫކުރާނީ 8:30 އިން 11:00 އަށް ކަމަށެވެ. މާދަމާ ބަންދުވާނެ އެވެ. ހޮނިހިރު ދުވަހު ދޫކުރާނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

އަތޮޅުތެރޭގައި މަސްދަޅު ކޭސް ދޫކުރަނީ

ސަރުކާރުގެ ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި މިއަދު މެންދުރު ދޫކުރުން ހަމަޖެފައިވީ ނަމަވެސް، މިރެއަށް ގަޑި ބަދަލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރިން ބުނެފައި ވަނީ މިއަދު މެންދުރުފަހު 2:30 އިން ފެށިގެން މަސްދަޅު ކޭސް ދޫކުރަން ފަށާނެ ކަމަށެވެ. ނަމަވެސް މިހާރު މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައި ވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީން ކަމަށްވާތީ ބައެއް ބަދަލުތައް ވަނީ އައިސްފަ އެވެ.

އެސްޓީއޯ އިން މިއަދު ބުނީ މާލެ ސަރަހައްދުގައި މަސް ދަޅު ކޭސް ބަހަން ހަމަޖެހިފައި ވަނީ މިރެއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިރޭ މަސްދަޅު ކޭސް ދޫކުރަން ފަށާނީ 8:30 ގައެވެ. ބަހަން ހަމަޖެހިފައިވާ ތަންތަނަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ. 

އެގޮތުން މިވަގުތު މަސްދަޅު ދޫކުރަން ހަމަޖެހިފައި ވަނީ؛

  •  މާލެ - މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
  •  ވިލިމާލެ - ވެމްކޯ ސައިޓް
  •  ހުޅުމާލެ ފޭސް-1 - އުމަރު ޒާހިރު ބިލްޑިން
  •  ޅުމާލެ ފޭސް-2 - ހިޔާ ފްލެޓް ޓަވަރު 10ގެ ޔޫތު ސެންޓަރު

އެސްޓީއޯ އިން ބުނީ މިރޭ މަސްދަޅު ކޭސް ދޫކުރާނީ 8:30 އިން 11:00 އަށް ކަމަށެވެ. މާދަމާ ބަންދުވާނެ އެވެ. ހޮނިހިރު ދުވަހު ދޫކުރާނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. 

އަދި، 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށް ދޫކުރާނީ މެންދުރު 2:30 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.


އެސްޓީއޯ އިން ބުނީ މަސްދަޅު ކޭސް ބެހުމަށް އިތުރަށް ގާއިމް ކުރެވޭ މަރުކަޒުތަކުގެ މައުލޫމާތު ދެމުންދާނެ ކަމަށެވެ.

މަސްދަޅު ކޭސް ބަލާ އަންނައިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެންގޭނެފަދަ ލިޔުމެއް ގެންނަން ޖެހެ އެވެ. އަދި ބަލާ އަންނަ މީހާގެ އައިޑީކާޑް ގެންނަން ޖެހެ އެވެ. ދޫކުރާނީ ހަމައެކަނި ދިވެހިންނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.