މި ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސަރުކާރުގެ ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ދޫކުރުން ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކަައުންސިލުން ބުނެފި އެވެ.
މި ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާދަމާ އިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. މަސްދަޅު ދޫކުރަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:30 ން 18:00 އަށް އަދި ރޭގަނޑު 20:30 ން 23:00 އަށެވެ. ފަސް ސަރަހައްދަކުން މަސްދަޅު ކޭސް ދޫކުރާނެ އެވެ. އެއީ؛
މަސްދަޅު ކޭސް ބަލާ އަންނައިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެންގޭނެފަދަ ލިޔުމެއް ގެންނަން ޖެހެ އެވެ. އަދި ބަލާ އަންނަ މީހާގެ އައިޑީކާޑް ގެންނަން ޖެހެ އެވެ. ދޫކުރާނީ ހަމައެކަނި ދިވެހިންނަށެވެ.
ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ ހަކުރު އަދި ފުށް ބަސްތާއެއް ދީފަ އެވެ.