ލަންކާގައި ވަކީލަކަށް ވެގެން ކޯޓަށް ވަދެ ގޭންގް ލީޑަރު މަރާލައިފި

ގިނަ ކުއްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުއްވެރިޔާ މަރާލީ މީހާ ކޯޓް ރޫމަށް ވަނީ ވަކީލެއްގެ ހެދުމުގަ އެވެ. ފިސްތޯލައަކުން ހަމަލާ ދީފައިވަނީ މަރާލީ މީހާގެ ބޮލަށެވެ.

ކޯޓަށް ގޭންގް ލީޑަރު ގެންދަނީ އަދި ކޯޓްރޫމުގައި ހަމަލާ ދިނުމުން ޒަހަމް ވެގެން ވެއްޓިފައި --ޑެއިލީ މިރާ

އަވަށްޓެރި ސްރީލަންކާގެ ކޯޓަކަށް ވަކީލެއްގެ ހެދުން އަޅައިގެން ވަދެ، ގޭންގް ލީޑަރަކަށް ހަމަލާދީ މަރާލައިފި އެވެ. 

ސްރީލަންކާގެ ނޫސްތަކުގައިވާ ގޮތުން ލަންކާ އިން ހޯދަމުން ދިޔަ މި ކުށްވެރިޔާ ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. ގަނޭމުއްލާ އަށް ހަމަލާ ދީފައިވަނީ މިއަދު ކޮލަމްބޯގެ ކޯޓަށް ހާޒިރުކޮށް މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށެވެ. ހަމަލާ ދީފައިވަނީ ލޯޔަރެއްގެ ހެދުމުގައި ކޯޓަށް ގޮސްހުރި މީހެކެވެ. 

ލަންކާ ފުލުހުން ހަމަލާދިން މީހާގެ ފޮޓޯ ހާމަކޮށްފައިވާއިރު، ހަމަލާދިން ވަގުތުގެ ވީޑިއޯއެއް ވެސް ދަނީ ވައިރަލްވަމުންނެވެ. 

މަންޒަރު ދުށް މީހުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުގައިވާ ގޮތުން ގަނޭމުއްލާ އަށް ހަމަލާދީފައިވަނީ މައްސަލަ ފެށިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ހަމަލާދިން މީހާ ވަނީ ފިސްތޯލައަކުން ހަމަލާ ގަނޭމުއްލާގެ ބޮލަށް ހަމަލާ ދީފަ އެވެ. 

ހަމަލާ ދިން މީހާ އަދި ހަމަލާދިން ފިސްތޯލަ ފޮރުގައިގެން ކޯޓަށް ވެއްދި ފޮތް

ލަންކާ ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ބުޑިކާ މަނަތުންގާ ވިދާޅުވީ ވަކީލެއްގެ ހެދުން އަޅައިގެން ހުރި ބަޑިޖެހި މީހަކު ޗެމްބަރުގައި ހުރި ސަންޖީވާ އަށް އަމާޒުކޮށްގެން ހަމަލާ ދީފައިވެ އެވެ. އޭނާއަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލަށް ގެންދިޔަނަމަވެސް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފަ އެވެ. 

ގަނޭމުއްލާ ސަންޖީވީ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 13، 2023 ގައި ނޭޕާލުން އެނބުރި އައުމާއެކު ބަންޑާރަނައިކޭ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިންނެ އެވެ. ހައްޔަރުކުރިއިރު އޭނާގެ އަތުގައި އޮތީ ޖޯޗް ޕާސްޕޯޓެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.