ބައޯމެޓްރިކްސް ޑާޓާ ނުދޭ ބިދޭސީން ޑީޕޯޓް ކުރަނީ

"އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމުގައި ދަންނަވަން،" އެ އިއުލާނުގައިވެ އެވެ.

ބިދޭސީންގެ ބަޔަކު މަަސައްކަތު ގައި: ބައޯމެޓްރިކްސް ޑާޓާ ނުދޭ މީހުން ޑީޕޯޓް ކޮށްލަނީ --

ރާއްޖޭގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކްސް ޑާޓާ އެއްކުރުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ އޮޕަރޭޝަން "ކުރަނގި"އަށް މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ފޮޓޯ އަދި ފިންގަޕްރިންޓް (ބައޯމެޓްރިކްސް ޑާޓާ) އަޕްޑޭޓް ކުރުމުގެ އެންމެ ފަހު ތާރީހަކީ އޭޕްރީލް 20، 2025 ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މިނިސްޓްރީން ކުރި އިތުރު އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދަންވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ރިސޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ހާއްސަކޮށް ދޫކޮށްފައިވާ ރަށްރަށާއި، އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ މައުލޫމާތު އަޕްޑޭޓްކުރުމުގެ މަސައްކަތް އޭޕްރީލް 15، 2025 ކުރިން ކުރަން ވާނެ ކަމަށެވެ.

އެ ތަންތަނާ މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު، އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައި ހުންނަ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

"އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމުގައި ދަންނަވަން،" އެ އިއުލާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.