އެސްޓީއޯގައި އަގުހެޔޮކޮށް ލުނބޯ ވިއްކަނީ، ކިލޯއެއް 40 ރުފިޔާއަށް

އެސްޓީއޯ އިން ބުނީ ލުނބޯ ކޭހެއް ވިއްކަނީ 145 ރުފިޔާއަށް ކަމަށެވެ. ފަސް ކޭސް ނަގާނަމަ، ކޭހެއް ވިއްކަނީ 135 ރުފިޔާއަށެވެ. ވިއްކަމުން ދަނީ ފަސް ކިލޯގެ ލުނބޯ ކޭހެވެ.

ލުނބޯ: އެސްޓީއޯ އިން މިހާރު 40 ރުފިޔާއަށް ކިލޯއެއް ލިބޭނެ --
19 Feb 2025, 04:43

އެސްޓީއޯގައި 40 ރުފިޔާއަށް ލުނބޯ ކިލޯއެއް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ ލުނބޯ ކޭހެއް ވިއްކަނީ 145 ރުފިޔާއަށް ކަމަށެވެ. ފަސް ކޭސް ނަގާނަމަ، ކޭހެއް ވިއްކަނީ 135 ރުފިޔާއަށެވެ. ވިއްކަމުން ދަނީ ފަސް ކިލޯގެ ލުނބޯ ކޭހެވެ.

އެސްޓީއޯ އިން ލުނބޯ ގެނެސް ވިއްކަން ފެށި އިރު, ބާޒާރުގައި ލުނބޯ އަގު އުޅެނީ ކިލޯއެއް 60 ރުފިޔާއަށެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯ އިން ދަނީ ދުރާލާ ތައްޔާރުވަމުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ އަގު ހެޔޮކޮށް ކާށި ވެސް ގެނެސް ވިއްކަން ފަށާފަ އެވެ.

އިންޑިއާއިން ގެނައި ކާށި ޝިޕްމެންޓް ވިއްކަމުން ދަނީ ފަސް ރުފިޔާއަށް ކާއްޓެއްގެ މަގުންނެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އެއީ:

  •  އަސާސީ ކާބޯތަކެތި: ފިޔާ، ބިސް، އަލުވި، ކާށި، ކަދުރު
  •  ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
  •  ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކެޑް ބީންސް، ގެރިކިރު ދަޅު
  •  ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.