ސަންޓާރާއިން ރާއްޖޭގައި 200 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

ސެންޓާރާ ކުންފުނިން ތައްުޔާރުވަމުން ދަނީ އެ ކުންފުނިން މާލެ އަތޮޅުގައި ހިއްކި ފަޅުގައި ހެދި އެއް ރިސޯޓް އެޕްރީލް މަހު ހުޅުވާށެވެ.

ތައިލެންޑުގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ސެންޓާރާ ގްރޫޕުން ރާއްޖޭގެ ވިޔަފާރި ފުޅާކޮށް 200 މިލިއަން ޑޮލަރަށް (ތިން ބިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާކަން އިއުލާނުކޮށްފި އެވެ. 

އާއިލާއާ ރަހުމަތްތެރި ހޮޓާތައް ހިންގަން މަޝްހޫރުކަން ލިބިފައިވާ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް (ސީއެޗްއާރު)  ކުންފުނިން ބުނެފައިވާ ގޮތުގައި މާލެ އަތޮޅުގައި ހިއްކާފައިވާ ތިން ރަށް ހިމެނޭ ފަޅުގައި އެ ކުންފުނިން ކުރި އިންވެސްޓްމަންޓުގެ އަގު 200 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ އެވެ. 

އެ ކުންފުނިން މިހާރު ތައްޔާރުވަމުން ދަނީ މި ފަޅުގައި ހިމެނޭ ތިން ރަށުގެ ތެރޭން ނުހުޅުވާ ހުރި އެއް ރިސޯޓް ހުޅުވުމަށެވެ. މި ރިސޯޓް ހުޅުވަން ތައްޔާރުވަނީ މި އަހަރުގެ އެޕްރީލް މަހު އެވެ. 

ސެންޓަރާއިން މިދިޔަ ނޮވެމްބަރު މަހު ހުޅުވި މިރާޖް ލެގޫން މޯލްޑިވްސް އާއި ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އެންޑްރޫ ޖަންސަން ތައިލެންޑުގެ ނޫސްތަކަށް ވިދާޅުވެފައިވާ ގޮތުގައި މި ރިސޯޓްތައް ފަރުމާކޮށްފައިވަނީ ކުދިން ގޮވައިގެން އާއިލާއެއްކޮށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭނެ މާހައުލެއް އޮންނަ ގޮތަށެވެ. 

ސެންޓާރާ އިން ހުޅުވި މި ރިސޯޓުތަކަކީ 145 ކޮޓަރީގެ ރިސޯޓެކެވެ. މި ކޮޓަރިތަކަކީ 45-196 އަކަމީޓަރުގެ ބޮޑުމިނުގެ ކޮޓަރިތަކެވެ. މީގެ ކޮޓަރިއެއްގެ އެވްރެޖު އަގަކީ 1000-400 ޑޮލަރާ ދެމެދުގެގަ އެވެ. 

ރާއްޖޭގައި ސެންޓާރާ - ސެންޓާރާ ހޮޓެލްސް އިން 51 ޑުލެކްސް ފަސްޓް ކްލާސް ހޮޓާތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަ އެވެ. އަދި ލަންކާ އާއި ރާއްޖެ އަދި ގަތަރާއި ތައިލެންޑް އަދި ވިއެޓްނާމް ހިމެނޭހެން 23 ރިސޯޓެއްވެސް މި ކުންފުނިން އޮޕަރޭޓް ކުރެ އެވެ، ސެންޓާރާ އިން ރާއްޖޭގައި ހިންގަނީ އދ. މައްޗަފުށީގައި ހިންގާ ސެންޓާ ގްރޭންޑްގެ އިތުރުން ކ. ގިރާވަރުގައި ހިންގާ ސެންޓާރާ ރަސްފުށި ރިސޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.