އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހަލީލް ލަންކާއަށް ވަޑައިގެންނެވީ، އެ ގައުމުގެ ފޮރިން މިނިސްޓަރު އެމްއެޗް ވިޖީތާ ހެރަތުގެ ދައުވަތަކަށް
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި މިއަދު އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހަލީލް ލަންކާއަށް ވަޑައިގެންނެވީ، އެ ގައުމުގެ ފޮރިން މިނިސްޓަރު އެމްއެޗް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކަމަށެވެ.
މި ދަތުރުފުޅުގައި، ހަލީލް، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ ގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ފޮރިން މިނިސްޓަރު ހެރަތާއެކު ރަސްމީ މަޝްވަރާތައް ވެސް ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން، މި ދަތުރުގައި، ލަންކާގައި ދިރިއުޅޭ ދިވެހިންގެ އިތުރުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތައް ބެއްލެވުމަށް ލަންކާގެ ވިޔަފާރިވެރިންނާ ވެސް ހަލީލް ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.