ޣައްޒާގެ ތެރޭން ހޯދާފައިވަނީ މޮސާޑުން އަޑު އަހަން ބޭނުން ކުރާ އާލާތް ތަކެކެވެ.
ގާކުނޑިއަށް ހަދާލާފައިވާ ޣައްޒާގައި އިސްރާއިލުގެ މޮސާޑުން ފޮރުވާފާފައި ހުރި ޖާސޫސީ އާލާތްތަކެއް ހަމާސްއިން ހޯދައިފި އެވެ.
ޣައްޒާގެ އެކި ސަރަހައްދުތަކުން އިސްރާއިލް ސިފައިން ފައިބަމުންދާއިރު އެ ގައުމުގެ ޖާސޫސީ އިދާރާއިން މައުލޫމާތު އެއްކުރަން ހަރުކޮށްފައިހުރި ގިނަ ޑިވައިސް ތަކެއް ދަނީ ހޯދަމުންނެވެ. މިގޮތުން އެންމެފަހުން ހޯދި ތަކެތި ހަރުކޮށްފައިވަނީ ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގަ އެވެ.
ޖާސޫސީ މި އާލާތްތައް ހަދާފައިވަނީ ހަލާކުވެފައިވާ އިމާރާތުގެ ބައިތަކާ އެއްގޮތްވާނެ ގޮތަކަށެވެ.
ފަލަސްތީނުގައި މިނިވަން ކަމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާތްތަކުން ބުނާ ގޮތުގައި މިފަހަރު ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ވަގަށް އަޑު އަހަން ބޭނުންކުރާ ޖާސޫސީ އާލާތް ތަކެކެވެ.