މުއައްސަސާތަކުގެ މުސާރަ ކުޑަކުރަން ގާނޫނު އިސްލާހު ކުރަން ހުށަހަޅަން އެދިއްޖެ

މާލިއްޔަތު ކޮމެޓީން ވަނީ މިނިވަން މުއައްސަސާތަކުގެ މުސާރަ ކުޑަކުރަން ގާނޫނުތަކެއް އިސްލާހު ކުރަން ހުށަހަޅަން ސަރުކާރުގައި އެދެން ފާސްކޮށްފަ އެވެ.

ގާނޫނުތަކަށް ބަދަލު ގެނެސްގެން މިނިވަން މުއައްސަސާތަކުގެ މުސާރަ ކުޑަކުރަން ސަރުކާރަށް ދަންނަވަން ކޮމެޓީން ފާސްކޮށްފި އެވެ.

ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިނިވަން މުވައްސަސާތަކުގެ މުސާރައިން 10 ޕަސެންޓް ކުޑަކުރަން ނިންމާފަ އެވެ. މި ނިންމެވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު އޮތް ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަންދޫހް ވަނީ މުއައްސަސާތަކުގެ މުސާރަ ކުޑަކުރެވޭނީ ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސްގެންކަން ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑު ހުށަހަޅަން މިވަގުތު [މުސާރަ ކުޑަކުރަން ހުށަހަޅަން] ގެންނަން ނުފެންނަ ކަމަށް. އެކަމަކު ގާނޫނުތަކަށް ގެންނަ ބަދަލު ގެނެސްގެން އެ ބަދަލު ގެންނަން ހުށަހަޅަން،" މަންދޫހު ވިދާޅުވި އެވެ.

މި ހުށަހެޅުމަށް ކޮމެޓީގެ ގިނަ މެންބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ. މީގެތެރޭގައި އިނދިކޮޅު ޕާޓީ އެމްޑީޕީގެ މެންބަރުންވެސް ހިމެނެ އެވެ.

މި ބަދަލު ގާނޫނުތަކަށް ގެންނަން ޖެހޭ ސަބަބު ސާފު ކޮށްދެއްވަމުން ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި މާލިއްޔަތު ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ ހުރިހާ މިނިވަން މުވައްސަސާއެއް ހިމެނޭ ގޮތަށް މި ބަދަލު ނުގެނެސް ފާސްކޮށްފިނަމަ ހަމައެކަނި މުސާރައިން އުނިވެގެންދާނީ ޖުޑިޝަރީ އާއި އޮޑިޓް އޮފީހުގެ އިތުރުން ރައްޔިތުން މަޖިލީސް މެންބަރުންގެ މުސާރައިން އެކަންޏެވެ. މި ބަދަލާއެކު ހަރަދު ކުޑަ ވެގެންދާނީ 14.9 މިލިއަން ރުފިޔާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެން މުވައްސަސާތަކުގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާތީ އެ ގާނޫނުތަކަށް ބަދަލު ނުގެނެސް ނުގެނެސްނޭ މުސާރަައަށް ބަދަލު ގެނެވޭނީ. އެހެންވެ ކޮމެޓީއަކަވެސް އިހުތިޔާރެއް ނޯވެ. އެހެންވެ ރައީސުލް ޖުމްހޫރިއްޔާގެ އަށް ދަންނަވަން ޖެހެނީ،" ގާސިމް ވިދާޅުވި އެވެ. 

ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.