ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި

އިއުތިރާޒާ ގުޅޭ ބައިގައި ކޯޓުން ދެކޭ ގޮތް، މައްސަލަ ނިންމާއިރު ހިމަނުއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާ ބެންޗު --

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސަރުކާރު ހިންގާ ޕީއެންސީން އިސްވެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން، ސުޕްރީމް ކޯޓަށް ދުސްތޫރު މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.

ނަމަވެސް މައްސަލަ ފެށުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ނަގާފަ އެވެ. ވަކީލް ފާތިމަތު ހަލީމް ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައި ވަނީ މަޖިލީހުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެން ކަމަށާއި، މިއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ދައުލަތުން ވިދާޅުވެފައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވެސް ބެލޭނީ ގާނޫނުއަސާސީ މާނަކުރުމާއި ގާނޫނުއަސާސީގައި ލިޔެފައި އޮތް އެއްޗަކާ ހިލާފުވެގެން ހުށަހެޅޭ މައްސަލަތައް އެކަންޏެވެ.

މި އިއުތިރާޒާ ގުޅޭ ގޮތުން ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ހަތް ފަނޑިޔާރުންގެ ބެންޗުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އިއުތިރާޒާ ގުޅޭ ބައިގައި ކޯޓުން ދެކޭ ގޮތް، މައްސަލަ ނިންމާއިރު ހިމަނުއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި މި އިއުތިރާޒާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިން ވިދާޅުވެފައި ވަނީ ބަލާ ބެލުމަށް މަޖިލީހުން ގާނޫނު އިސްލާހު ކުރީ އިޖުރާއަތްތަކާ އެއްގޮތަށް ނަމަވެސް، ކަން ކޮށްފައި ވަނީ ރަގަޅަށް ނޫން ކަމަށެވެ. އެއް ދުވަހުން ހުރިހާ ކަމެއް ނިންމާލައި އަދި އިސްލާހު ވެސް ތަސްދީގުކޮށްފައި ވަނީ ގާނޫނުއަސާސީގެ މަފްހޫމަށް ބަލާއިރު ވެސް އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ތަދައްހުލްވެފައިވާ އެމްޑީޕީން ވެސް ވަނީ މައްސަލަ ހުށަހެޅުއްވި ފަރާތުން ދެއްކި ވާހަކަތަކަށް ތާއީދު ކޮށްފަ އެވެ.

މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައި، ބެންޗުން ވަނީ ދައުލަތަށް މައުލޫއީ މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ވެސް ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.