ފުލުހުން ބުނީ ޔޫރޯ ގުދަނުން 130 ވުރެ ގިނަ ސިގިރޭޓް ކާޓޫން ވަގަށް ނަގާފައިވާ ކަމަށެވެ.
ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަން ފަޅާލައި، އެތަނުން 130 ކާޓޫނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ނަގައިފި އެވެ.
ވައްކަމުގެ މި ހާދިސާ ހިނގީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ޔޫރޯ ގުދަނުން 130 ވުރެ ގިނަ ސިގިރޭޓް ކާޓޫން ވަގަށް ނަގާފައިވާ ކަމަށެވެ.
ހާދިސާއާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާ ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.