މީގެ ތެރެއިން އެކަކު ވަނީ ކޯޓުން ދޫކޮށްލާފަ އެވެ. ބާކީ ތިބި މީހުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
ބ. އަތޮޅުގެ ފަޅު ރަށެއްގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.
އެ މީހުން ހައްޔަރު ކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި ދިވެހީންނާއި ބިދޭސީން ހިމެނޭހެން ނުވަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ މީހުންނަކީ؛
މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މާރިކިލު ބަލައިފާސް ކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ.
ހޮނިހިރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރަލާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ / ވަފާ، އަބްދުލް މުހްސިން ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ދެން ތިބި އަށް މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.