އަކްބަރު ސައިފަތް ކުންފުނީގެ ބާނީ އަވަހާރަވެއްޖެ

އަކްބަރު ބްރަދާސްގެ ބާނީ އިނާޔަތު އަކްބަރާލީ އަވަހާރަވީ 88 އަހަރުގަ އެވެ. އޭނާ މަޝްހޫރުވެފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވިޔަފާރި މިއަދުގެ ޖީލުތަކަށް ގެނެސްދިން ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު އަކްބަރު ސައިފަތް ވުޖޫދުކުރި ސްރީލަންކާގެ އަކްބަރު ބްރަދާސް ކުންފުނީގެ ބާނީ، އިނާޔަތު އަކްބަރާލީ

ދިވެހިންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ އަކްބަރު ސައިފަތް ވުޖޫދުކުރި ސްރީލަންކާގެ އަކްބަރު ބްރަދާސް ކުންފުނީގެ ބާނީ އިނާޔަތު އަކްބަރާލީ އަވަހާރަ ވެއްޖެ އެވެ. 

ދުނިޔޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ އަކްބަރު ބްރަދާސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި 88 އަހަރުގެ އިނާޔަތު އަކްބަރާލީ އަވަހާރަވީ އިއްޔެ ސްރީލަންކާގެ ކޮލަމްބޯގަ އެވެ.

އަކްބަރު ސައިފަތް އުފައްދާ އަކްބަރު ބްރަދާސްއަކީ މީގެ 30 އަހަރު ކުރިން ސައިފަތް އުފައްދަން މަޝްހޫރު ލަންކާގެ އަކްބަރާލީ އާއި އޭނާގެ ބޭބެއިން ކަމަށްވާ އައްބާސް އާއި އާބިދު އަކްބަރާލީ ގުޅިގެން އުފެއްދި ކުންފުންޏެކެވެ.

ސައިފަތުގެ ވިޔަފާރީގައި ދުނިޔޭގައި ރަސްކަން ކުރާ އަކްބަރު ސައިފަތް ވެގެން ގޮސްފައިވަނީ މިހާރު ސްރީލަންކާއަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އަދި އެ ގައުމުން އެންމެ ގިނައިން އެކްސްޕޯޓްކުރާ ސައިފަތުގެ ބްރޭންޑަށެވެ. އަކްބަރާލީ ވަނީ އެ މަނިކުފާނުގެ ލީޑަޝިޕްގައި މި ކުންފުންޏަކީ ދުނިޔެއަށް މަޝްހޫރު ކުންފުންޏަކަށް ބަދަލުކޮށްދެއްވާފަ އެވެ.

އަކްބަރާލީ ލަންކާގައި މަގުބޫލުކަން ހޯދާފައިވަނީ ވިޔަފާރީގެ އުސޫލުތަކުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ވިޔަފާރިކޮށް އެ އަކްބަރު ބްރަދާސް އަށް ވަރުގަދަ ބިންގަލެއް އަޅައި އާ ޖީލްތަކާ ހަމައަށް ފޯރުކޮށްދިން ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. 

އަކްބަރު ސައިފަތް ބްރޭންޑުގެ ފައުންޑަރު އަވަހާރަވުމާ ގުޅިގެން ރާއްޖެއަށް މި ސައިފަތް އެތެރެކުރާ ބީއެޗްއެމްއިން ވަނީ ތައުޒިޔާ ކިޔާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.