ޓެކްސީތަކުން ކުރި މުޒާހަރާއާ ގުޅިގެން ތިން މީހަކަށް ދައުވާކޮށްފި

ސަރުކާރުން ޓެކްސީގެ ހިދުމަތްދޭން ފެށުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް، ހުޅުމާލެ އިން ހައިވޭއަށް އަރާ ހިސާބުގައި މަގުތައް ބްލޮކްކޮށްގެން ޓެކްސީ ޑްރައިވަރުން މުޒާހަރާ އާ ގުޅިގެން، ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުމުން މުޅި މަގު ބަންދުވެފައި

ސަރުކާރުން ޓެކްސީގެ ހިދުމަތްދޭން ފެށުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް، ހުޅުމާލެ އިން ހައިވޭއަށް އަރާ ހިސާބުގައި މަގުތައް ބްލޮކްކޮށްގެން ޓެކްސީ ޑްރައިވަރުން މުޒާހަރާ އާ ގުޅިގެން، ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ކުރި މުޒާހަރާގެ ސަބަބުން، ދަތުރުފަތުރަށް ބުރޫ އަރައި، ގިނަ ބަޔަކަށް އޭގެ ދަތިތައް ފޯރި އެވެ. އެ މުޒާހަރާ ހުއްޓުވަން، ފުލުހުން ވަނީ ގިނަ އަދަދެއްގެ ޓެކްސީތައް ޓޯކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. 

ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ ނިރޮޅުމަގު އެމްޑަބްލިޔުއެސްސީ ކައިރީގައި ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ ބައިވެރިންތަކެއް އެ ސަރަހައްދުގެ މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއަޅައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި އަމަން ނަގާލަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާ ކުރި ތިން މީހުން

  • މއ. ވިރާޙު، މުޙައްމަދު ޝާމިން
  • މއ. ނަހީދީމަންޒިލް، މިޞްބާޙް ޝަރީފް
  • ހދ. ކުމުންދޫ، ހޮލިޑޭވިޖެލް، ނުޢުމާން އަޙްމަދު

މި ތިން މީހުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލްއުގޫބާތުގެ ގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ. 

މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. 

މާލޭގައި ޓެކްސީ ލިބުން ދަތިވުމާއި، ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގު ނެގުމުގެ ޝަކުވާތަކާ ގުޅިގެން، ސަރުކާރުން ވަނީ އަމިއްލަ ޓެކްސީ ލައިނެއް ތައާރަފްކުރަން ނިންމައި، އެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.