މަގުތަކުގައި ބާވާން ދޫކޮށްލާފައިހުރި 200އަށް ވުރެ ގިނަ ވެހިކަލް ޓޯކޮށްފި
މާލޭގެ މަގުތަކުގައި ބޭނުންނުކޮށް، ބާވެ، ހަލާކުވާން ދޫކޮށްލާފައިވާ 200 އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިގޮތުން، މާލޭގެ އެކި މަގުތަކަށް ދޫކޮށްލާފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން 235 ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ޓޯކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދާއި ތިން ބައިސިކަލެވެ.
މާލެ އާއި ހުޅުމާލޭގައި މަގުތަކަށް ދޫކޮށްލާފައިހުރި އުޅަނދުތައް ނަގައި، ހުސްކުރުމުގެ މަސައްކަތް ފުލުހުން ދޭތެރެއަކުން ކުރެ އެވެ.