ބީއެމްއެލް އިސްލާމިކުން މާލޭގެ ބައެއް މިސްކިތްތަކުގައި ކުލަ ލައިފި

ބީއެމްއެލް އިސްލާމިކް އިން މާލޭގެ ހަތަރު މިސްކިތެއްގައި ވަށާފާރުގައި ކުލަލާފައިވާއިރު، މި ހަރަކާތުގައި ބޭންކުގެ 100 އެއްހާ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލްގެ މުވައްޒަފުން މާލޭގެ މިސްކިތެއްގައި ކުލަ ލަނީ

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ ބައެއް މިސްކިތްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ނުކުމެ ކުލަ ލައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރޯދަ މަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލް އިސްލާމިކް އިން މާލޭގެ ހަތަރު މިސްކިތެއްގައި ވަށާފާރުގައި ކުލަލާފައިވާއިރު، މި ހަރަކާތުގައި ބޭންކުގެ 100 އެއްހާ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ބޭންކުގެ މުވައްޒަފުން ކުލަ ލާފައިވާ ހަތަރު މިސްކިތަކީ؛

  •  މާލޭ ހުކުރު މިސްކިތް
  •  ދަރުމަވަންތަ ރަސްގެފާނު މިސްކިތް
  •  މަސްޖިތުލް ސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  •  މަސްޖިދުލް ސުލްތާނުލް އާދިލް

ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ދޭތެރެ ދޭތެރެއިން މިފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގަ އެވެ. މިގޮތުން މިދިޔަ އަހަރުވެސް ވަނީ މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ހިންގާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.