އެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވި އެއް ކަމަކަށް ފާހަގަ ކުރެއްވީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވެއްޓުމެވެ.
އާންމުންނާއި ވިޔަފާރިތަކަށް ހަމައަގުގައި ޑޮލަރު ލިބޭނެ ގޮތް ފަހިކޮށްދީ ޑޮލަރުގެ ކަޅުބާޒާރު ހުއްޓުމަކަަށް ގެނައުމަށް ފަށާފައިވާ މަަސައްކަތްތަން ނަތީޖާ ފެންނަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުން ބައިވެރިވި "އަހާ" ފޯރަމްގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ކަަޅުބާޒާރުގައި ކޮންޓްރޯލް އޮތް ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަޅާފައިވަނީ މުހިންމު ފިޔަވަޅުތަކެއް ކަމަަށެވެ.
އެ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވެއްޓުމެވެ. މިނިސްޓަރު ވިދާޅުވީ އެއީ ހަގީގަތް ކަމަށާ އެކަން ފެންނަން އެބައޮތް ކަމަށެވެ.
އަނެއް ކަމަކަށް ފާހަގަ ކުރެއްވީ ބޭންކަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވުމުން ޑޮލަރު ދޫކުރެވޭ މިންވަރު އިތުރު ވެފައިވުމެވެ. އަންނަ ރޯދަ މަހު އުމްރާއަށްދާ ދިވެހީންނަށް ބެންކުން ދޭ ޑޮލަރުގެ އަދަދު 2،000 އަށް މަތިވުމަކީ ޑޮލަރުގެ މައްސަލަ ހައްލުވަމުންދާ ކަމުގެ ނިޝާނެއް ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ސިނާއަތަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނާނެ ގޮތެއް ހަދަން ގެނެވުނު ބަދަލާއެކު މިދިޔަ އޮކްޓޫބަރު މަހު 50 މިލިއަން ޑޮލަރު ވަނީ މާރުކޮށްފަ އެވެ.
މަރުކަޒީ ބޭންކުން ބުނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީ އަށް ބިނާކޮށް، ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށެވެ.
މި މުއްދަތުގައި ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން %90 ރިޒޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާތީ، ޓޫރިޒަމް ސިނާއަތުން މިކަމަށް ލިބޭ އެއްބާރުލުން ފާހަގަކުރަމެވެ.
ރާއްޖޭގެ ޑޮލަރު ކަޅު ބާޒާރަށް ލޯޑު އަންނަ ޑޮލަރު މަދުކުރަން، ރާއްޖޭގެ ވިޔަފާރިތަކާއި އާއްމުންގެ ބޭނުންތަކަށް އިތުރު ޑޮލަރު ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުގެ އިސް ނެގުމަކާއެކު މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ގާނޫނެއް ހަދައި ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މަރުކަޒީ ބޭންކުން ވަނީ މާރުކުރަން ހުށަހަޅާފައިވާ ސޭލްސް ރިޕޯޓްތަކަށް ބަލާއިއިރު 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ބޭރުފައިސާ މާރުކުރުމުގެ ގަވާއިދުގެ ސަބަބުން ބޭންކު ތަކަށް މާރުކުރެވިގެންދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ރާއްޖޭގައި 175 ރިސޯޓެއް ހިންގާއިރު މިދިޔަ މަހުގެ 28 ގެ ނިޔަލަށް ހުރިހާ ރިސޯޓްތަކުން ވަނީ މާރުކޮށްފަ އެވެ.