ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ސަލްޓަން ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަނެއް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ސަލްޓަން ޕާކް

ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަލްޓަލް ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕާކު މަރާމާތު ކޮށްފިނުމަށް ޝައުގުވެރިވާ ފަރާތަކުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި މައުލޫމާތު ސާފުކުރުމަށް ކައުންސިލް އިދާރާއަށް ހާޒިރުވާން ވަނީ އަންގާފަ އެވެ. އަގު ހުށަހެޅުން ކުރިއަށް ދާނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ސިޓީ ކައުންސިލުން އިއުލާނުކޮށްފައި ވަނިކޮށް، އެ ޕާކާއި ރަސްފަންނު ވަރަށް ބޮޑަށް ވީރާނާވަމުންދާކަން ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އެތަންތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރައީސް އެހެން ވިދާޅުވުމާ ގުޅިގެން ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ ދެ ޕާކު ވެސް މަރާމާތުކުރަން ކައުންސިލުން ތައްޔާރުވަމުންދާ ކަމަށެވެ.

ސަލްޓަން ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަނެއް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.