މިއަދުން ފެށިގެން އެސްޓީއޯއިން 5 ރުފިޔާއަށް ކާއްޓެއް ލިބޭނެ

ކާށީގެ އިތުރުން އެ ކުންފުނިން ގެނައި ލުނބޯވެސް މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެ އެވެ.

ކާށިތަކެއް: އެސްޓީއޯ އިން ފަސް ރުފިޔާއަށް ކާށި ވިއްކަން ފަށައިފި --

މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފަސް ރުފިޔާއަށް ކާއްޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ މިވަގުތު މާކެޓުގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ކަމަށެވެ. މާކެޓް އަގުތަކަށް ބަލައި އެކަމަށް އަވަސް ހައްލެއް ގެނެސްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން މިއަދު ފަސް ރުފިޔާއަށް ވިއްކަން ފަށާފައިވާ ކާށި ޝިޕްމެންޓަކީ އިންޑިއާއިން ގެނައި ތަކެއްވެޗެ. 

ކާށީގެ އިތުރުން އެ ކުންފުނިން ގެނައި ލުނބޯވެސް މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އެއީ:

  •  އަސާސީ ކާބޯތަކެތި: ފިޔާ، ބިސް، އަލުވި، ކާށި، ކަދުރު
  •  ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
  •  ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކެޑް ބީންސް، ގެރިކިރު ދަޅު
  •  ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

އެސްޓީއޯ އިން ބުނީ މިއަހަރުގެ ރޯދަ މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ހާއްސަ ސަމާލުކަމެއް ދީގެން، އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.