މިއީ ޝެއިހް ސަމީރުގެ މި ދަރުސް ފޯކައިދޫގައި ބާއްވާ ތިން ވަނަ އަހަރެވެ.
"ފުރުސަތު" ނަމުގައި މަަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރުގެ ހާއްސަ ދަރުހެއް މިރޭ ށ. ފޯކައިދޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
ރަމަޟާން މަހަށް އިސްތިގުބާލު ކުރުމުގެ ބާއްވާ މި ދަރުސް އޮންނާނީ މިރޭ 8:45 ގައި ފޯކައިދޫ އޯޕަންސްޓޭޖް ސަރަހައްދު ގަ އެވެ.
ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަމެެއް ދޭ ނަމޫނާ ރައްޔިތެއް އޮންނަ މި ދަރުސް އިންތިޒާމު ކުރަނީ ރަށު ކައުންސިލާއި ފޯކައިދޫ ޕޮލިހާއި ޑަބްލިއުޑީސީއާ ފެނަކަ އަދި އެ ރަށު ސުކޫލާއި ސަލަފު ޖަމިއްޔާ މި ރަށު ބްލަޑް ބްރަދާސް ގުޅިގެންނެވެ.
މިއީ ޝެއިހް ސަމީރުގެ މި ދަރުސް ފޯކައިދޫގައި ބާއްވާ ތިން ވަނަ އަހަރެވެ.
މިރޭ ދަރުހަށް ހާޒިރުވާ މީހުންގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނަސީބުވެރި 10 ފަރާތެއް ހޮވާ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.