ޖެނުއަރީ މަހު ދައުލަތަށް ޑޮލަރުން 125 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ވަނީ ލިބިފަ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 104 މިލިއަން ޑޮލަރު ލިބުނުމަމަވެސް މި އަހަރު ވަނީ މި އަދަދު 125 މިލިއަން ޑޮލަރަށްވުރެ އިތުރުވެފަ އެވެ. މިދިޔަ މަހު އެންމެ ގިނައިން ޑޮލަރުގެ އާމްދަނީ ލިބިފައިވަނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ.
ޓީޖީއެސްޓީ އަށް މިދިޔަ މަހު ޑޮލަރުން 69 މިލިއަން ޑޮލަރު ލިބުނުނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 61 މިލިއަން ޑޮލަރެވެ.
ޓީޖީއެސްޓީގެ އިތުރުން މި އަހަރު ދެން އެންމެ މަތިން އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުގެ ގޮތުގަ އެވެ. އިންކަމް ޓެކުހަށް މި އަހަރު އަހަރު 28 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 16 މިލިއަން ޑޮލަރެވެ.
ދައުލަތަށް ލިބޭ ޓެހުކުގެ އާމްދަނީ މަތި ކުރަން ސަރުކާރުން ދެ ޓެކުހަކަށް މި އަހަރު ބަދަލު ގެނެސްފައިވެ އެވެ. މިގޮތުން ޓެކްސް މަތިކޮށްފައިވަނީ ގްރީން ޓެކުހާއި ޑިޕާޗާ ފީއެވެ.