އަރީޝް ބަންދަށް؛ ކުށްކުރުމާ ދުރުވިތާ އުޅޭތާ ފަސް އަހަރުވެއްޖެ

ކޯޓްގައި އަރީޝް ވަނީ ކުށުގެ ވެށީގައި ކުރީން އުޅުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އެ އުޅުން ދޫކޮށް އާއިލާއެއް ބިނާކޮށް ދިރިއުޅޭތާ ފަސް އަހަރެއްހާ ދުވަސް ވެއްޖެ ކަމަަށް ބުންޏެވެ.

އަރީޝް: ބަންދަށް ވަނީ މުއްދަތު ޖަހާފައި

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗް ކައިރީގައި މަރުތޭލަކުން މާރާމާރީ ހިންގުމަށްފަހު ފިލައިގެން މެލޭޝިޔާ ދިޔަ މީހާ އަނބުރާ ރާއްޖެއަށް ގެނެސް ހައްޔަރު ކުރި ޒުވާނާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ، ބަނަފްސާ، ޏ. ފުވައްމުލަށް ހުސެއިން އަރީޝެވެ.

އޭނާ އަކީ، މަސްތުވާތަކެއްޗާއި، މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަރީޝްގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް މުއްދަތު ވަނީ ޖަހާފަ އެވެ. ކޯޓުން އޭނާގެ ބަންދަށް ދިނީ 10 ދުވަހެވެ.

ކޯޓްގައި އަރީޝް ވަނީ ކުށުގެ ވެށީގައި ކުރީން އުޅުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އެ އުޅުން ދޫކޮށް އާއިލާއެއް ބިނާކޮށް ދިރިއުޅޭތާ ފަސް އަހަރެއްހާ ދުވަސް ވެއްޖެ ކަމަަށް ބުންޏެވެ.

ނަމަވެސް ފުލުހުން ވަނީ އައިޖީއެމްއެޗް ކައިރީގައި މަރުތޭލަކުން މާރާމާރީ ހިންގުމުގައި އިސްކޮށް ހުރީ އަރީޝް ކަމަށް ބުނެފަ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗްގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލީ، ސައިކަލެއްގަ އައި ދެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެ ހަމަލާ ދިނުމަށްފަހު، ސައިކަލުގައި ތިބި ދެ މީހުން ވެސް ވަނީ ފިލައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.