މިދިޔަ އަހަރު ޓޫރިޒަމަށް 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު : މަޓީ

މަޓީން ބުނެފައިވާ ގޮތުގައި ޓޫރިޒަމް އާމްދަނީގެ 86 ޕަސެންޓް ހިއްސާ ކުރަނީ ރިސޯޓްތަކަށް ލިބޭ އާމްދަނީއެވެ

މަޓީގެ ޗެއާމަން އެމްޔޫ މަނިކް އާއި ޗަމްޕާ ހުސެއިން އަފީފު -- ސަންގެ ފޮޓޯއެއް

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް ލިބުނު އާމްދަނީ ކުރި އަހަރާ އަޅާބަލާއިރު 12.4 ޕަސެންޓް އިތުރުވެފައިވާ ކަމަށާ، ޖުމްލަ އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ޑޮލަރު (86 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް ރިސޯޓް އޯނަރުންގެ ޖަމިއްޔާ މަޓީން ބުނެފި އެވެ. 

މަޓީއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ރާއްޖެ މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ޓޫރިޒަމަށް ލިބުނުއިރު މީގެ ތެރޭން 4.5 ބިލިއަން ޑޮލަރު ލިބިފައިވަނީ ރާއްޖޭގެ ރިސޯޓްތަކުންނެވެ. މިއީ އާމްދަނީގެ 83 ޕަސެންޓް ހިއްސާ އެކެވެ. 

އާމްދަނީ އެންމެ ގިނަ ފަސް ދާއިރާ

  • 1.ރިސޯޓްތަކުން - 4.5 ބިލިއަން ޑޮލަރު
  • 2.އެތެރޭގެ ދަތުރުތަކުން - 347.9 މިލިއަން ޑޮލަރު
  • 3.އެމްއޭސީއެލް ޑިއުޓީ ފްރީއާއި ޑިޕަޗާ ޓެކުހުން - 222 މިލިއަން ޑޮލަރު
  • 4.ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ފަރާތުން - 141 މިލިއަން ޑޮލަރު
  • 5.ގެސްޓްހައުސްތަކުން 95 މިލިއަން ޑޮލަރު

މަޓީން ބުނި ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނު ޑޮލަރުގެ އާމްދަނީ 95 ޕަސެންޓް ހިއްސާ ކުރަނީވެސް ޓޫރިޒަމް ސިނާއަތެވެ.

ޑޮލަރުގެ އާމްދަނީ ގިނަ ދާއިރާތައް

  • ޓީޖީއެސްޓީ- 620 މިލިއަން ޑޮލަރު
  • ޓޫރިޒަމް ބިމު ކުލި - 123.6 މިލިއަން ޑޮލަރު
  • ގްރީން ޓެކުސް - 70.5 މިލިއަން ޑޮލަރު
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 73 މިލިއަން ޑޮލަރު
  • ފުރާ މީހުންގެ ޓެކުސް - 72 މިލިއަން ޑޮލަރު
  • ޓޫރިޒަމް ބިމު ކުލި އިތުރުކޮށްގެން - 20 މިލިއަން ޑޮލަރު


މަޓީން ބުނި ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފޯރުކޮށްދޭ މަތީ ފަންތީގެ ހިދުމަތްތަކުގެ ސަބަބުން ޓޫރިޒަމަށް ވަންނަ އާމްދަނީގެ ސަބަބުން ދިވެހިންގެ ސިއްހީ ފަރުވާއާއި ތައުލީމު އަދި އިންފްރާސްޓްރަކްޗާ އަދި އަސާސީ ހިދުމަތްތަކަށް ހޭދަ ކުރަން ބޮޑު އަދަދެއް ލިބެ އެވެ. މިދިޔަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 28 ބިލިއަން ރުފިޔާ ލިބުނުއިރު މީގެ ތެރޭން 15 ބިލިއަން ރުފިޔާ ލިބުނީ ސީދާ ޓޫރިޒަމުން ލިބުނު އާމްދަނީ އެވެ. މިއީ ރާއްޖޭގެ ގޭބިސީއަކަށް 185،000 ރުފިޔާގެ އަދަދެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.