މިފްކޯއިން މަސް ކިރުން ހަވަނަ ގިޔަރަށް | ބުދަ ދުވަހު 546 ޓަނު

މިފްކޯއިން ވަނީ މަސްވެރިން ގެންނަ ހުރިހާ މަހެއް ވީހާ އަވަހަކަށް ކިރުވޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. މިގޮތުން އިތުރު ކެރިއާތައް ދަނީ ގެންނަމުންނެވެ.

މިފްކޯގެ ބޭރުގެ ސީއިއޯ ކޫއްޑޫ މަސް ފެކްޓްރީ ބައްލަވަލައި ލައްވަނީ -- މިފްކޯ

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު، މަސްވެރިން ބާނާ މަސް އެއްކޮށ ކިރުވަން އެ ކުންފުނިން ކުރާ މަސައްކަތް މިހާރު ހުރީ ހަވަނަ ގިޔަރުގަ އެވެ؛ މީގެ ނަތީޖާއަކީ މިފްކޯގެ ކެޕޭސިޓީއަކީ 420 ޓަނުކަމުގައި ވިޔަސް ބަދަލުތައް ގެނެސް 546 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވުމެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސަައީދު ވިދާޅުވި ގޮތުގައި އިއްޔެ އަކީ އެ ކުންފުންޏަށް އެންމެ ގިނައިން މަސް ކިރުވި އެއް ދުވަހަށްވާނެ އެވެ.

"[2023] ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ބަލާއިރު އިއްޔެ މިފްކޯއަށް 546 ޓަނުގެ މަސް ކިރި ދުވަހެއް،" އިބްރާހިމް ވިދާޅުވި އެވެ.

މިފްކޯ އިން މަސް ގަންނަ ކެޕޭސިޓީ 500 ޓަނަށް ޖައްސާފައިވަނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.

މަސް ގަތުން އިތުރު ކުރަން ގެނައި ބަދަލުތައް

  •  މަސް އެކްސްޕޯޓް ކުރާނެ ބޯޓެއް އައިސްފައިވޭ
  •  މަސް އުފުލާނެ އިތުރު ކެރިއާއެއް ޝެޑިއުލްކޮށްފައިވޭ
  •  މިމަހު އިތުރު ކެރިއާ ބޯޓުތައް ގެންނަން ނިންމާފައިވޭ


އިބްރާހިމް ވިދާޅުވި ގޮތުގައި މިއީ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު އެ ކުންފުނިން ނަގާ ޗެލެންޖެއް ކަމަށާ މަސްވެރިންގެ އިންތިޒާމުތައް ލުއި ކުރަން އެ ކުންފުނިން މަސައްކަތް ކުރާނެ އެވެ.

"މި ފުރުސަތުގައި މުވައްޒަފުން ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތަަށް މުވައްޒަފުންނަށް ޝުކުރު އަދާކުރަން. މިއީ މަސް ކިރުވާ ދޯނިތައް ލިމިޓް ނުކޮށް ކުރިއަށް ގެންދެވޭ ދުވަސްތަކެއް،" އިބްރާހިމް ވިދާޅުވި އެވެ.

މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭ

މިފްކޯއިން ދަނީ ސަރުކާރުން ހެދި އިންތިޒާމެއްގެ ދަށުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންނެވެ. މި ބަދަލާއެކު މަހަށް ނުކުންނަ އޮޑިފަހަރުގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. 

މަސް ކިރުވުން ލިމިޓް ކުރުމުގެ ތާރީހާ ދުރަށް

މި ދުވަސް ވަރަކީ ކޮންމެ އަހަރުވެސް މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ދުވަސް ވަރެކެވެ. ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުން ފެށިގެން މަސްވެރިކަން ރަނގަޅުވެ އެވެ. މިފަހުން އެންމެ ބޮޑަށް މަސްވެރިކަން ރަނގަޅުވީ 2022 ވަނަ އަހަރު އެވެ. އެފަހަރު އެއް ދުވަހެއްގެ މައްޗަށް 770 ޓަނުގެ ބޭނި އެވެ. އެވެރެޖުކޮށް ދޯންޏަކަށް 12 ޓަނުގެ މަސް ބާނަމުންދާއިރު ބޮޑެތި ދޯނިފަހަރުމް 25 ޓަނާއި 60 ޓަނުގެ މަސް ބޭނި އެވެ. ނަތީޖާއަކަށްވީ މިފްކޯއިން އެފަހަރުވެސް މަސް ކިރުވުން ލިމިޓް ކުރަން މަޖުބޫރުވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.