މަރުތޭލަކުން މާރާމާރީ ހިންގި މީހާ ރާއްޖެއަށް ގެނެސް ހައްޔަރުކޮށްފި

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗް ކައިރީގައި މަރުތޭލަކުން މާރާމާރީ ހިންގުމަށްފަހު ފިލައިގެން މެލޭޝިޔާ ދިޔަ މީހާ އަނބުރާ ރާއްޖެއަށް ގެނެސް ހައްޔަރުކޮށްފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗް ކައިރީގައި މަރުތޭލަކުން މާރާމާރީ ހިންގުމަށްފަހު ފިލައިގެން މެލޭޝިޔާ ދިޔަ މީހާ އަނބުރާ ރާއްޖެއަށް ގެނެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މިހާރު ހިނގަމުންދާ މާރާމާރީތަކާއި އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ، 31 އަހަރުގެ ދިވެހި ފިރިހެނަކު، ވެލާނާ އެއާޕޯޓުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް މެލޭޝިޔާއަށް ފުރައިގެން ދިޔުމުން، މެލޭޝިޔާއަށް އޭނާ ވަނުން ހުއްޓުވައި، އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށްފަހު،" ފުލުހުން މީޑިޔާތަކާ ހިއްސާކުރި މެސެޖުގައި ބުންޏެވެ. 

ފުލުހުން ފަހުން ބުނި ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ، ބަނަފްސާ، ޏ. ފުވައްމުލަށް ހުސެއިން އަރީޝެވެ.

އޭނާ އަކީ، މަސްތުވާތަކެއްޗާއި، މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗްގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލީ، ސައިކަލެއްގަ އައި ދެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. 

އެ ހަމަލާ ދިނުމަށްފަހު، ސައިކަލުގައި ތިބި ދެ މީހުން ވެސް ވަނީ ފިލައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.