މީނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
މާފުށީ ޖަލުގައި ހުރި މީހަކު މަރުވެއްޖެ އެވެ.
ކަރެކްޝަނުން ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) މިއަދު މަރުވެފައިވާ ކަމަށެވެ.
މިއަދު ހަވީރު އިމޭނުއަލް، ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ބުންޏެވެ. އޭނާ މަރުވެފައިވާ 5:20 ހާއިރު އެވެ.
މީނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި މީނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ މީހެއް ނޫން ކަމަށް ވެސް ބުންޏެވެ.