މުހައްމަދު ނިޔާވީ ހާޓް އެޓޭކެެއް ޖެހިގެންނެވެ. ނިޔާވީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މުހައްމަދު ނިޔާވީ ހާޓް އެޓޭކެެއް ޖެހިގެންނެވެ. ނިޔާވީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މެޒޯ މުހައްމަދަކީ ވަަރަށް މޮޅު މިއިޒީޝަނެކެވެ. އޭނާގެ އަޑު ކިޔާފައިވާ ލަވަތަކަށް ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިވެ އެވެ.
މިއުޒިކީ ދާއިރާ އިން ގައުމީ އިނާމު ވެސް ލިބިފައިވާ މެޒޯ މުހައްމަދު ވަނީ ވަރަށް ގިނަ އަމިއްލަ ރާގު އުފައްދާފަ އެވެ.
މުހައްމަދު ނިޔާވުމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. ރައީސްގެ މެސެޖުގައި މުހައްމަދަކީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށް އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަގުބޫލު ހުނަރުވެރިކަަމެއް ދައްކާފައިވާ ފަންނުވެރިއެއްކަން ފާހަގަ ކުރެއްވި އެވެ.