މިދިޔަ އަހަރު ޑްރަގް ވިޔަފާރީގެ މައްސަލަތަކުގައި 10.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ހުކުމް ކުރި

ކްރިމިނަލް ކޯޓްގެ ނަންބޯޑް

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ އެކިއެކި މައްސަލަތަކުގައި ޖުމްލަ 10.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި، މިދިޔަ އަހަރު ކޯޓުން ނިންމާފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކާއިގުޅޭ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ޖުމްލަ 137 މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވެ އެވެ. 

ކްރިމިނަލް ކޯޓުން ބުނީ ކޯޓުން މައުލޫއީ ގޮތުން ބަލައި ހުކުމްކުރި މައްސަލަތަކުގެ ތެރެއިން ސާބިތުނުވާކަމަށް ހުކުމްކޮށްފައި ވަނީ އެންމެ ހަތް މައްސަލަ ކަމަށެވެ. އެހެންކަމުން ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ 95 ޕަސެންޓަށްވުރެ ގިނަ މައްސަލަތައް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މިދިޔަ އަހަރު މައްސަލަ ސާބިތުވާ ކަމަށް ނިންމި މައްސަލަތަކުގެ ތަފާސްހިސާބު؛

  • 20 މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވޭ
  • 7 މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފައިވޭ
  • މި މައްސަލަތަކާ ގުޅިގެން 10.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ހުކުމްކޮށްފައިވޭ

ކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި ޝަރީއަތުގައި އިއުތިރާފްވި މައްސަލަތަކާއި، ފަރުވާގެ ފުރުސަތު ދިނުމަށް ދައުލަތުން ދައުވާތައް އަނބުރާ ގެންދިޔަ މައްސަލަތަކާއި، ދައުވާތައް މުރާޖައާ ކުރުމަށްފަހު މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ދައުލަތުގެ ފަރާތުން އަނބުރާ ގެންދިޔަ މައްސަލަތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.