ފެނަކައިގެ މައްޗަށް ކުންފުންޏަކަށް ނުދީ އޮތް 44 މިލިއަން ދައްކަން ހުކުމެއް

ފެނަކާއާ ދެކޮޅަށް އެ މައްސަލައިގައި ދައުވާ ކުރީ ކްލެސިކޯ ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ދައުވާކޮށްފައި ވަނީ ފެނަކައިން މުދާ ނެގުމަށްފަހު ދައްކަންޖެހޭ 44،014،801 ރުފިޔާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.

ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިން

މުދާ ނެގުމަށްފަހު ނުދައްކައި އޮތް 44 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.

ފެނަކާއާ ދެކޮޅަށް އެ މައްސަލައިގައި ދައުވާ ކުރީ ކްލެސިކޯ ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ދައުވާކޮށްފައި ވަނީ ފެނަކައިން މުދާ ނެގުމަށްފަހު ދައްކަންޖެހޭ 44،014،801 ރުފިޔާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ. 

ދައުވާގައިވާ ގޮތުގައި، ފެނަކައިން ފައިސާ ނުދެއްކުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ހޯދުމަށް ވެސް ކުންފުނިން ވަނީ އެދިފަ އެވެ. ނަމަވެސް މުދަލަށްވާ ފައިސާ ދައްކަން ފެނަކައިން އެއްބަސްވުމުން ކްލެސިކޯ އިން ފަހުން ވަނީ ގެއްލުމުގެ ބަދަލު ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. 

މިއީ ކްލެސިކޯއަށް ދައްކަން ޖެހޭ ފައިސާއެއްކަން ފެނަކައިން ވަނީ ޝަރީއަތުގައި އެއްބަސްވެފަ އެވެ. އަދި އެ ފައިސާ ދެއްކުމަށް ދެފަރާތުގެ މެދުގައި ވަނީ އެއްބަސްވެފަ އެވެ. 

ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް، ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 14 މަސް ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރުމަށެވެ. ހުކުމުގައި ވަނީ ކޮންމެ މަހަކުވެސް ތިން މިލިއަން ރުފިޔާ ދައްކައި، 15 ވަނަ މަހު ދެ މިލިއަން ރުފިޔާ ކްލެސިކޯ ކުންފުންޏަށް ދެއްކުމަށެވެ.

ފެނަކައިން ނަގާފައިވަނީ ކޮންކަހަލަ މުދަލެއް ކަމެއް ހުކުމުން އެނގޭކަށް ނެތެވެ. މީގެ ކުރިންވެސް ބޮޑެތި އަދަދުތަކުން ކުންފުނިތަކަށް ފައިސާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.