ރިސޯޓު ވެރިން ނެރުނު އާމްދަނީ ހިސާބުތަކާމެދު މަޓާޓޯގެ ނުރުހުން

މަޓާޓޯއިން ވަނީ މަޓީން ނެރުނު ރާއްޖޭގެ އާމްދަނީގެ ހިސާބުތައް އެ ޖަމިއްޔާއަށް ލިބޭނެ ގޮތެއް ހަދައި ދިނުމަށް އެދި މީރާއަށް ސިޓީއެއް ފޮނުވާފަ އެވެ.

ރިސޯޓް ވެރިންގެ ޖަމިއްޔާ، މަޓީން އާއްމުކުރި ރާއްޖޭގެ އިގްތިސޯދުގެ އާމްދަނީ ހިސާބުތަކާމެދު މަޓާޓޯ އިން ނުރުހި އެ މައުލޫމާތު ސާފުކޮށްދޭން ދައުލަތުގެ ވުޒާރާތަކުގައި އެދިއްޖެ އެވެ. 

ރިސޯޓް ވެރިންގެ ޖަމިއްޔާ މަޓީގެ އަހަރީ އާއްމު ޖަލްސާއަށްފަހު އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ލިބުނު އާމްދަނީގެ 86 ޕަސެންޓް ހިއްސާކުރަނީ ރިސޯޓްތަކުންނެވެ. އެގޮތުން ރިސޯޓްތަކުން މިދިޔަ އަހަރު ރާއްޖެއަށް 4.5 ބިލިއަން ޑޮލަރު ނުވަތަ 69 ބިލިއަން ރުފިޔާގެ ވަނީ ލިބިފަ އެވެ. 

މަޓީން އާއްމު ކުރި ހިސާބުތައް

  • ރިސޯޓްތަކުން - 4.5 ބިލިއަން ޑޮލަރު
  • އެތެރޭގެ ދަތުރުތަކުން - 347.9 މިލިއަން ޑޮލަރު
  • އެމްއޭސީއެލް ޑިއުޓީ ފްރީއާއި ޑިޕަޗާ ޓެކުހުން - 222 މިލިއަން ޑޮލަރު
  • ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ފަރާތުން - 141 މިލިއަން ޑޮލަރު
  • ގެސްޓްހައުސްތަކުން 95 މިލިއަން ޑޮލަރު

މަޓާޓޯ އިން ވަނީ މި ހިސާބުތަކުގައި ފުށޫއެރުން ހުރިކަމަށް ފެންނާތީ އެ މައުލޫމާތު އެ ޖަމިއްޔާ އަށް ސާފުކޮށްދޭން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރަށް ސިޓީއެއް ފޮނުވާފަ އެވެ. 

އެ ސިޓީގެ ކޮޕީއެއް "މިރާ" އަށް ލިބިފައިވާއިރު އެ ސިޓީގައި ބުނެފައިވާ ގޮތުން މަޓީން އާއްމުކުރި އަދަދުތައް ހޯދުމަށް ބޭނުންކުރާ މަސްދަރާއި މެތޮޑޮލޮޖީ ސާފުކޮށްދިނުމަށް އެދިފައިވެ އެވެ. އަދި އެ ސިޓީގައިވާ ގޮތުން މިހާތަނަށް އެމްއެމްއޭ ނުވަތަ މީރާގެ ޕަބްލިކް ޕްލެޓްފޯމްތަކުގައި އެއާ ގުޅޭ ޑޭޓާއެއް މިހާތަނަށް އާއްމުކޮށްފައި ނެތްކަމަށް ބުނެފައިވެ އެވެ. 

އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ އެންމެ ގެސްޓްހައުސް ހިންގާ ކުންފުންޏެއް ކަމަށްވާ ކާނިއަށް ބެލިނަމަވެސް މަޓީގެ ނޫސްބަޔާނުގައި ބުނެފައިވާ އަދަދަށް އާމްދަނީ ވަނީ ހޯދާފަ އެވެ. 

"އެންމެ ޓްރެވަލް އެޖެންޓެއް މިސާލަކަށް ރިސޯޓް ލައިފް އަށް ބެލިނަމަވެސް މި އަދަދުގެ ބޮޑުބައި ކަވަރުކުރޭ. އެހެންވީއިރު މި ހިސާބު ދިމާވާނެ ގޮތެއް ނޯންނާނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.