ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ގެއްލުން: ކޯޓު މެދުވެރިކޮށް 68 މިލިއަން ހޯދަން އެދިއްޖެ

ކަސްޓަމްސް އިން ދަނީ މި ދެ މައްސަލަ ވެސް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންނެވެ. ދެ ވެއާހައުސްގެ ރަޖިސްޓްރީ ވެސް ވަނީ ބާތިލްކޮށްފަ އެވެ.

މީގެ ކުރިން ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތަކެއް ކަސްޓަމްސްއިން ޗެކުކުރަނީ --

ބޮންޑެޑް ދެ ވެއާހައުސްއެއްގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުން މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސްއަށް ދައްކަން ޖެހޭ 68 މިލިއަން ރުފިޔާ ކޯޓު މެދުވެރިކޮށް ހޯދައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާ ކޮށްފައި ހުއްޓައި 34،500 އެއްހައި ސިނގިރޭޓު ކާޓަން ގެއްލުނު މައްސަލައިގައި ކަސްޓަމްސް އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ދެ ބޮންޑެޑް ވެއާހައުސްއަކުން ޖުމްލަ 937 ކޭސް ގެއްލިފައިވާކަން ކަސްޓަމްސް އިން ބުނެފައިވެ އެވެ.

އެއްތަނަކީ އެކްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސް ނަމަކަށް ކިޔާ ތަނެކެވެ. އެތަން ޗެކުކުރިއިރު، އެތަނުގައި ހުންނަން ޖެހޭ ކެމެލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި، މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑްގެ 300 ކޭސް ސިނގިރޭޓު ގަވާއިދާ ހިލާފަށް އެތަނުން ނެރެފައިވާކަމަށް ކަސްޓަމްސް އިން ބުންޏެވެ. 

ސިނގިރޭޓު ގެއްލުނު ދެވަނަ ތަނަކީ އެސްޖީއެމް ބޮންޑެޑް ވެއާހައުސް އެވެ. ކަސްޓަމްސްއިން ބުނީ އެތަނުން އެމެރިކަން ލެޖެންޑް ބްރޭންޑުގެ 250 ސިނގިރޭޓު ކޭހާއި އަފްޒަލް މޮލަސެސް ބްރޭންޑުގެ 130 ޕައިލް ޓޮބޭކޯ ގަވާއިދާ ހިލާފަށް ނެރެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ދަނީ މި ދެ މައްސަލަ ވެސް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންނެވެ. ދެ ވެއާހައުސްގެ ރަޖިސްޓްރީ ވެސް ވަނީ ބާތިލްކޮށްފަ އެވެ.

މި ދެ ތަނުން ކަސްޓަމްއަށް ދައްކަން ޖެހޭ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދަން، މި ދެ މައްސަލަ ވެސް އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ހޯދަން އެދިފައި ވަނީ؛

  • އެކްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސް - 47.1 މިލިއަން ރުފިޔާ
  • އެސްޖީއެމް ބޮންޑެޑް ވެއާހައުސް - 20.7 މިލިއަން ރުފިޔާ

ބޮންޑެޑް ވެއާހައުސްތައް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް އެތަނުގައި ނުބެހެއްޓޭ ގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގައި ބޮންޑެޑް ވެއާހައުސްތައް ނުހެދޭގޮތަށް ކަސްޓަމްސްގެ އާންމު ގަވާއިދަށް މިހާރު ވަނީ އިސްލާހު ގެނެސްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.