މިސްރުގެ ނޮން-ރެޒިޑެންޓް ސަފީރަކަށް ސަރީރު، ކެނެޑާއަށް ޣަފޫރު

މިސްރާއި ކެނެޑާއަށް ރާއްޖޭން ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު. --ފޮޓޯ: ރައީސް އޮފީސް

މިސްރާއި ކެނެޑާއަށް ރާއްޖޭން ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ. 

މިސްރަށް ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރަކަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވަނީ، ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރެވެ.

ކެނެޑާގެ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ހުށަހަޅުއްވާފައިވަނީ، އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަބްދުލްޣަފޫރު މުހައްމަދެވެ. 

މިސްރާއި ކެނެޑާއަށް ރާއްޖޭން ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައެޅުމުގެ މައްސަލަ ދިރާސާކުރުމަށްޓަކައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ. 

އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޣަފޫރު. --ފޮޓޯ: ރައީސް އޮފީސް

ސައުދީ ސަފީރުކަމަށް ސަރީރު އައްޔަނުކުރެއްވީ، މި ސަރުކާރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެމެރިކާގެ ސަފީރަކަށް ޣަފޫރު އައްޔަނުކުރައްވާފައިވަނީ، ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.