ބީއެމްއެލް އިސްލާމިކް ފެސިލިޓީތަކުގެ ބަދަލު | އިމާރާތް ކުރުމަށް ދިރުން ލިބޭނެ

ބީއެމްއެލް އިސްލާމިކް ފެސިލިޓީތަކަށް ގެނައި ބަދަލާއެކު ގަރާޖު ޖާގަ ގަތުމަށްވެސް ފައިނޭންސް ހޯދޭނެ އެވެ. އަދި ގެ އަޅަން ހުރި ފެސިލިޓީތަކަށްވެސްވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފަ އެވެ.

ރާއްޖޭގައި ހެޔޮވަރުގެ ގެއެއް އަޅަން މިލިއަނެއް ބޭނުންވެ އެވެ. އެކަމަކު މިވަރުގެ ފައިނޭންސެއް ހޯދޭނެ މާގިނަ އޮޕްޝަންތަކެއް ރާއްޖެއަކު ނެތެވެ. އެކަމަކު ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފެސިލިޓީތަކަށް ގެނައި ބަދަލާއެކު ޒަމާނަށް އައި ބަދަލަށް ފެތޭ އިސްލާމިކް ފެސިލިޓީތަކެއް ނެގުމުގެ ފުރުސަތު މިވަނީ ފަހިވެފަ އެވެ. ބީއެމްއެލް އިސްލާމިކް އިން ފެސިލިޓީތަކަށް ގެނައި ބަދަލާއެކު ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް ދިރުން ލިބިގެންދާނެ އެވެ.

"ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިންގް ދޫކުރަނީ ބީއެމްއެލް އިން. މި ގެނެވުނު ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށް ވުރެ ގިނަ އަދަދެއްގެ ބަޔަކަށް ގެދޮވެރިންނަށް ވުމަށް ބޭނުންވާ ފައިނޭންސިންގް ހޯދުމަށް މަގުފަހިވެގެންދާނެ." ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ. 

މި ފަހަރު ގެނައި މި ބަދަލާއެކު ނުހެދި ހުރި ގެތައް ހަދަން ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. ބީއެމްއެލްގެ ފެސިލިޓީ ތަކަށް ގެނައި ހެޔޮ ބަދަލުން  ބީއެމްއެލް އިސްލާމިކްގެ ހޯމް ހައުސިން ލޯނަށް އިއްޔެ އިން ފެށިގެން ގެނައި ބަދަލާއެކު މި ފެސިލިޓީ ނަގަން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހި ވެގެން ގޮސްފަ އެވެ. މި ފެސިލިޓީ ކުރިން ނެގޭނީ 26،000ރ. ގެ އާމްދަނީއެއް ލިބޭ މީހަކަށެވެ. އެކަމަކު މިހާރު ގެނެސްފައިވާ ބަދަލާއެކު ދެ މީހުން ނުވަތަ ތިން މީހުންގެ އާމްދަނީގެ ޖުމްލަ އަދަދުން ހަމަކޮށްލައިގެން ވެސް މި ފެސިލިޓީ ނެގޭނެ އެވެ. ދެތިން މީހެއްގެ އާމްދަނީ އެއްކޮލުމުން ޖުމްލަ އާމްދަނީ 22،000ރ. އަށް އަރާ ނަމަ މި ފައިނޭންސް ފެސިލިޓީއަށް ޝަރުތު ހަމަވާނެ އެވެ.

މި ފެސިލިޓީގެ އެންމެ ބޮޑު ފައިދާއެއް ކުރާނެ ބަޔަކީ މާލެ ސަރަހައްދުން ދިން ގޯތިތައް ލިބޭ މީހުނަށެވެ. މާލެ ސަރަހައްދުގަައި އުޅޭ ގިނަ ބަޔަކީ ވަޒީފާތަކުގައި ތިބި މީހުންނެވެ. ހާއްސަކޮށް ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ އެކި ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންނެވެ. އެހެންވެ މި މީހުންގެ އާމްދަނީ ހިމަނައިގެން މި ފެސިލިޓީ ނަގައި ލިބިފައިވާ ގޯތީގައި ގެ އެޅުމުގެ މަގު ފަހި ވެގެންދާނެ އެވެ.

މި ފަހަރު ގެނައި މި ބަދަލާއެކު ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސް އަށް ބީއެމްއެލް އިން ހެޔޮ ބަދަލު ތަކެއް އަންނާނެ އެވެ. ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭހެން ގެދޮރު ގަތުމާއި، ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފައިނޭންސް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ފައިނޭންސިން ފެސިލިޓީތަކަށް ގެނައި ބަދަލު

  • ހޯމް ޕާޗޭސް ފައިނޭންސިންގް ( ގެދޮރު ގަތުމަށް)
  • މިހާރު ބިން، ގަރާޖް އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުން
  • ތިން މިލިއަން ރުފިޔާއާ ހަމަޔަށް އަގުހުރި ޕްރޮޖެކްޓްތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %10 އަށް ދަށްކުރުން
  • ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް ( ގެދޮރު މަރާމާތްކުރުން)
  • ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
  • ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކުރުން
  • މަޝްރޫޢުން ލިބޭ އާމްދަނީ މިހާރު ބަލައިގަތުން
  • ހޯމް ބިލްޑް ފައިނޭންސިންގް ( ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް)
  • ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރުކުރުން
  • އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މި ފައިނޭންސަށް އެދި ހުށަހެޅޭ ގޮތް ހަމަޖެއްސުން.
  • ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށްކުރުން

ޒަމާނީ ޑިމާންޑްތަކާ ފައިހަމަވާ ބަދަލެއް

ބީއެލްއެލް އިސްލާމިކްގެ ބައެއް ފެސިލިޓީތަކަށް ގެނައި ބަދަލުގެ ތެރޭގައި މިހާރު އުފެދިފައިވާ ޑިމާންޑަށް ބޭނުންތެރި ބަދަލުތަކެއްވެސް ހިމެނެ އެވެ. އިސްލާމިކްގެ ހޯމް ޕާޗޭސް ފައިނޭންސިންގް ( ގެދޮރު ގަތުމަށް) ދޫކުރާ ފެސިލިޓީ އަށް ވެސް ވަނީ ހެޔޮ ބަދަލު ތަކެއް ގެނެސްފަ އެވެ. މިގޮތުން ގެނައި އެންމެ މުހިންމު ބަދަލަކީ މި ފެލިސިޓީ އަށް ބިމާއި ގަރާޖް އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުމެވެ. މި ބަދަލުގެ ސަބަބުން ޑިމާންޑް ބޮޑު ގަރާޖުގެފަދަ ތަންތަން ހަދައި ވަކި ވިޔަފާރިއެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަގު ފަހި ވެގެންދާނެ އެވެ. މިއީ ކުރިން މި ފެސިލިޓީގައި ނެތް ސިފައެކެވެ. މިހާރު ގަރާޖު ބިލްޑިންގްއެއް އަމިއްލަ މީހަކު ހަދައި އެތަނުން ވަކިވަކި ސްލޮޓް ވިއްކުމުގެ ވިޔަފާރިއަށް ފަހިކަން ލިބޭނެ އެވެ. މި ފެސިލިޓީ ނަގާ ފަރާތްތަކަށް ގަރާޖު ޖާގަ ގެނެވޭނެ އެވެ.  

ކުރިން މިއީ ހަމައެކަނި އެޕާޓްމަންޓާއި ސިންގަލް ޔުނިޓް އަދި ރޯ ހައުސް އެކަނި ގަނެވޭ ފެސިލިޓީއެކެވެ. އެކަމަކު މިހާރު މި ފެސިލިޓީ އޮތްގޮތުން ރާއްޖޭގެ ރިއަލްއެސްޓޭޓް އުސޫލުން ފްލެޓާއި އެޕާޓްމަންޓް ހަދައި ވިއްކާ ފަރާތްތަކުގެ ވިޔަފާރިއަށް ހެޔޮ ބަދަލެއް އަންނާނެ އެވެ. މި ފެސިލިޓީ އަށް ގެނެސްފައިވާ ބަދަލާއެކު ތިން މިލިއަން ރުފިޔާއާ ހަމަޔަށް އަގުހުރި ޕްރޮޖެކްޓްތަކަށް ޖީބުން ހަރަދު ކުރަން ޖެހޭ އަދަދު ވަނީ 20 ޕަސެންޓުން 10 ޕަސެންޓަށް ދަށްކޮށްފަ އެވެ. 

ބޭންކުގެ ޑިރެކްޓަ އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް ބަދުރުއްދީން ހަސަން ވިދާޅުވެފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން ގެދޮރު ބިނާ ކުރުމާއި މަރާމާތު ކުރުމަށް މިހާރަށް ބުރެ ބޮޑު ފުރުސަތު ތަކެއް ހުޅުވޭނެ އެވެ. މިކަމުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާ އިން އިތުރު ކުންފުނިތައް އުފެދުމުގެ ފުރުސަތު ފަހިވާނެ އެވެ. 

އިމާރާތް ކުރުމުގެ ދާއިރާއަކީ ސީދާ މުޅި އިގްތިސޯދާ ޖެއިނެއްހެން ގުޅިފައިވާ ސިނާއަތެވެ. މި ސިނާއަތް ވަރުގަދަ ވެއްޖެނަމަ އާއްމުން ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ. އިމާރާތް ކުރުން ވަރުގަދަ ވާ ވަރަކަށް އާއްމު މީހާގެ އަތްމަތި ތަނަސްވެގެންދާނެ އެވެ. ކުދި ވިޔަފާރިތަކަށް ދިރުން ލިބިގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.