ގާސިމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ނެރެފި

ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް ރޭ ވަނީ ހުޅުވައިފަ އެވެ. އެ މައުރަޒަށް މިއަދު ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާއްމުންނަށް ވަދެވޭނެ އެވެ.

ގާސިމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ނެރުން -- ފޮޓޯ: ކިޔު ޓީމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޯގްރަފީ ނެރެފި އެވެ.

"ގާސިމް އިބްރާހިމް: ލާމަސީލު ދިވެހި ދަރިއެއް" މިނަމުގައި ލިޔެފައިވާ ފޮތް ނެރެދެއްވީ ވިލާ ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ. 

ދައުލަތުގެ އެކިއެކި މަގާމުތައް ވެސް ފުރުއްވާފައިވާ ގާސިމްގެ ހަޔާތުގެ މައްޗަށް ނެރުނު މި ފޮތް ލިޔުއްވާފައި ވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. މިފޮތުގައި ގާސިމް އެންމެ ކުޑައިރު އުޅުއްވި ދަތިހާލާއި އަދި އޭގެ ފަހުން ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއަކަށް ވުމަށް ކުރެއްވި ދަތުރާއި އޭނާގެ ސިޔާސީ ހަޔަތާ ގުޅޭ ގޮތުން ލިޔުއްވާފައިވެ އެވެ. މިއީ 800 އަށްވުރެ ގިނަ ސަފްހާ ހިމެނޭ ފޮތެކެވެ.

މި ރަސްމިއްޔާތުގައި ގާސިމްގެ ބަޔޯގްރަފީގެ އޯޑިއޯ ފޮތެއްވެސް ނެރެފައިވެ އެވެ. އަދި މި ފޮތުގެ އިނގިރޭސި ތަރުޖަމާ މިހާރު ލިޔަމުންއަންނަކަން ޖަމީލްގެ ވާހަކައިގައި ފާހަގަކުރައްވާފައިވެ އެވެ.

ގާސިމުގެ ހަޔާތުގެ އެކި ދުވަސްވަރުގެ ފޮޓޯތައް ހިމެނޭ މައުރަޒެއް ވެސް ރޭ ވަނީ ހުޅުވައިފަ އެވެ. އެ މައުރަޒަށް މިއަދު ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާއްމުންނަށް ވަދެވޭނެ އެވެ. 

މި ރަސްމިއްޔާތުގައި ގާސިމްގެ އާއިލާގެ ގިނަ ބޭފުޅުންނާއި، ދައުލަތަށް އެތައް ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅުންނާއި، ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިތުރުން މަޖިލީސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ބައެއް ކުރީގެ ރައީސުން ވެސް ހިމެނެ އެވެ.

ކޮމެންޓް

1
450
މައުރަޒު
1 month ago

ތިޔަ މައުރަޒެއް އޮތް ތަން އެނގުނީމަ ދޯ ދެވޭނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.