ޖެނުއަރީ މަހު ރާއްޖޭގެ ރިޒާވް މިދިޔަ އަހަރަށްވުރެ 28 ޕަސެންޓް އިތުރު

މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރި އަދަދު ވަނީ 700 މިލިއަން ޑޮލަރަށްވުރެ އިތުރުވެފަ އެވެ.

އެމްއެމްއޭ --އެމްއެފްއާރް

މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ޖުމްލަ ރިޒާވް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 28 ޕަސެންޓުގެ އިތުރުވުމެއް ލިބިއްޖެ އެވެ.

މަރުކަޒީ ބޭންކުގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 708.1 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި 551.1 މިލިއަން ޑޮލަރާ އަޅާބަލާއިރު 28 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭ އިން ބުނީ މި އަހަރު އަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި 708.1 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު މިއީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

ރިޒާވް އިތުރުވީ ކީއްވެ - ؟ ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ޚަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ. މި ގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓް އިތުރުވެފައެވެ. އަދި، ބޭރު ފައިސާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024/R-91)ގެ ދަށުން ގެނެވުނު ބަދަލާއެކު މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ އެއް ސަބަބެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.