އެސްޓީއޯގެ ބޭސް ފޯރުކޮށް ދިނުން ހަރުދަނާކުރަން ކަމާބެހޭ ފަރާތްތަކާއެކު މުހިންމު ބަދަލެއް

އެސްޓީއޯއިން ވަނީ އެ ކުންފުނީގައި ހުރި ބޭސް ޑޮކްޓަރުންނަށް ވަގުތުން ފެންނާނެ އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރަން ނިންމާފަ އެވެ.

ބޭސް ފިހާރަތަކެއް ކައިރީން މީހަކު ހިނގާފައި ދަނީ -- މިހާރުގެ ފޮޓޯއެއް

ރައްޔިތުން ބޭނުންވާ ބޭސް އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ހޯދަން އެސްޓީއޯއާއި ސިއްހީ ދާއިރާ ގުޅިގެން މުހިންމު ބަދަލެއް ގެނެސްފި އެވެ.

އާސަންދައިން ވިއްކާ ބޭހުގެ ބޮޑު ބައެއްގެ އިތުރުން ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެސްޓީއޯއިން ވަނީ ރައްޔިތުންނަށް ބޭސް ފޯރުކޮއްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގެ ބޭނުން - އެސްޓީއޯއިން ބުނީ މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމުކުރުމެވެ.

މި ބައްދަލުވުމުގައި ނިންމުނު މުހިންމު ބައެއްކަންކަން

  •  އެސްޓީއޯއާއި ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ޖޮއިންޓް ކޮމެޓީއެއް ހެދުން
  •  މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ /ރަނގަޅު މައުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމާނެ
  •  އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ޑޮކްޓަރުންނަށް ލިބޭނެ
  •  އެސްޓީއޯގައި ހުރި ބޭހުގެ މައުލޫމާތު ޑޮކްޓަރުންނަށް ދޭން ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމް ކުރާނެ

އެސްޓީއޯއިން ދާދިފަހުން ވަނީ ރާއްޖޭގައި ބޭނުން ކުރުން ހުއްދަ ނެތް ބައެއް ބޭސްތައް ޑޮކްޓަރުން ލިޔަމުންދާތީ އެ ބޭސް ރާއްޖެއަށް ގެންނަން ދަތިވާ ކަމަށް ބުނެފަ އެވެ. ރާއްޖޭގެ އެމްރޫވް ޑްރަގް ލިސްޓުގައި 4،000 އަށްވުރެ ގިނަ ބޭސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.