އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ދޭން ކަމާގުޅޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ދޭން ކަމާގުޅޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ.

މި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއްވައިފަ އެވެ.  

ރޯދަ މަހުގެ އިނާޔަތް ދިނުމުގެ އިތުރުން، ޑަބްލިޔުޑީސީތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، ސަރުކާރުން ލޯކަލް ކައުންސިލްތަކަށް ދޭ ފައިސާގެ ތެރެއިން މި ކޮމިޓީތަކުން ހިންގާ ހަރަކާތްތަކަށް ފައިސާ ދިނުމުގެ އުސޫލުތަކެއް ވެސް މި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. 

މީގެއިތުރުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުން ޑަބްލިޔުޑީސީތަކަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ވެސް މި އިސްލާހުގެ ތެރޭގައި ހިމެނެ އެވެ. 

ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ވެސް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އާންމުކޮށް ދޭ 3،000ރ. ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ފަހުކޮޅު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.