އީސީގެ ރައީސްކަމަށް ޒާހިދު، ނައިބަކަށް ސޮލާހް އައްޔަނުކުރަން މަޖިލީހަށް

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސްކަމަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަނުކުރަން ނިންމަވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފި އެވެ.

ޒާހިދާއި ސޮލާހު އީސީގެ މެމްބަރުކަމުގެ ހުވާ ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސްކަމަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަނުކުރަން ނިންމަވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފި އެވެ. 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ކުރީގެ ނައިބު ރައީސް ޒާހިދާއި އީސީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ސޮލާހު، އަކީ އީސީއަށް އެންމެ ފަހުން އައްޔަނުކުރެއްވި ދެ ބޭފުޅުންނެވެ. 

މިދިޔަ މަހުގެ 16 ވަނަ ދުވަހު ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެން އެ ދެ ބޭފުޅުންނަށް ރުހުން ދިނުމުން، މެމްބަރުކަމަށް އައްޔަނުކޮށްފައިވަނީ، އެ މަހުގެ 26 ވަނަ ދުވަހު އެވެ. 

އީސީގެ ގާނޫނަށް މިދިޔަ އަހަރުގެ ތެރޭގައި ގެނައި އިސްލާހުގެ ދަށުން، އެ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސަކު މަޖިލީހުގެ ރުހުމާ އެކު އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. 

އެއާ އެކު، އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބު ރައީސަކަށް ސޮލާހް އައްޔަނުކުރައްވަން، މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ފޮނުއްވައިފަ އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުއްވައިފަ އެވެ. 

އީސީގެ މެމްބަރުކަމުގެ ދެ މަގާމެއް ހުސްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެ ދެ މެންބަރުން ވަކިކުރީ ހިޔާނާތާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ މައްސަލަތަކަކާ ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.