ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށްދަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ދަތިކަމުގެ ތެރެއިން، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރަން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރާއި، މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު ކުޑަކުރަން މިދިޔަ އަހަރު ނިންމަވައި، އެކަން އިއުލާނުކުރައްވައިފަ އެވެ. 

ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމާއެކު، ކުންފުނިތަކުގެ ވެރިންނަށް ގިނަވެގެން 90،000ރ. މުސާރައެއް ވަނީ ކަނޑައަޅައިފަ އެވެ. 

ކުރިއަށް އޮތް ދެ އަހަރަށް އެޅުއްވި މި ފިޔަވަޅުގެ ދަށުން، އަސާސީ މުސާރައިގެ ގޮތުގައި  މަދުވެގެން 12،000ރ. ލިބޭ ސިޔާސީ މުވައްޒަފުންގެ މުސާރަ މިދިޔަ މަހުން ފެށިގެން ވަނީ 10 ޕަސެންޓު ކުޑަކުރައްވައިފަ އެވެ. 

މީގެއިތުރުން، ރައީސަށް ލިބިވަޑައިގަންނަވާ 100،000ރ. މުސާރައިގެ ދެބައިކުޅަ އެއްބައި ކުޑަކުރައްވައި، އެ މަނިކުފާނު މިހާރު ނަންގަވަނީ 50،000ރ. ގެ މުސާރަ އެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.