ރޯދަމަހު ކެފޭ/ރެސްޓޯރެންޓް ހުޅުވޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.

ކެފޭއެއް: ރޯދަމަހު ކެފޭ/ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ވަނީ އިއުލާނުކޮށްފައި --

ރޯދަ މަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.

"ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ހިމެނޭގޮތަށް، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ." މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

މިނިސްޓްރީގެ އިތުރު އިއުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަދި ރޯދަ މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އާދެމެދު ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 1 ވަނަ ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.