އިސްރާއިލަށް މަސައްކަތު ނުދާނެ ގޮތެއް ހަދަން ތައިލެންޑުން އުމުރު ދުވަހަށް މުސާރަ

ތައިލެންޑު ސަރުކާރުން ވަނީ ހަމާސް އިން ދޫކޮށްލި ތައިލެންޑުގެ މަސައްކަތު މީހުން އަނބުރާ އިސްރާއިލަށ ނުދާނެ ގޮތެއް ހަދަން މަހަކު 900 ޑޮލަރުގެ މުސާރައެއް ދޭން ނިންމާފަ އެވެ.

ހަމާސް އިން ދޫކޮށްލި ތައިލެންޑުގެ މަސައްކަތްތެރިން އެ ގައުމަށް ދިއުމުން މަރުހަބާ ކިޔަނީ -- އޭއެފްޕީ

ހަމާސް އިން މިނިވަންކުރި ތައިލެންޑުގެ މަސައްކަތްތެރިން އެނބުރި އިސްރާއިލަށް މަސައްކަތު ނުދާނެ ގޮތެއް ހަދަން ތައިލެންޑު ސަރުކާރުން އުމުރު ދުވަހުގެ މުސާރަ ދޭން ނިންމައިފި އެވެ. 

ހަމާސް އާއި އިސްރާއިލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްގެ އަތްދަށުގައި ތިބި އިސްރާއިލްގެ ގިނަ ބަޔަކު ދަނީ ދޫކުރަމުންނެވެ. މިގޮތުން ދޫކޮށްލި މީހުންގެ ތެރޭގައި އިސްރާއިލުގައި މަސައްކަތް ކުރަނިކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ ތައިލެންޑުގެ ތިން މީހުންވެސް ހިމެނެ އެވެ. 

ތައިލެންޑުގެ ފަސް ރައްޔިތުން އެނބުރި އެގައުމަށް މިއަދު ގޮސްފައިވާއިރު، މި މީހުންނަށް ތައިލެންޑުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. 

ހަމާސްގެ އަތްދަށުގައި 15 މަސް ދުވަހު ރަހީނުގައި ތިބުމަށްފަހު ދޫކޮށްލި މި މީހުންނާ ބައްދަލު ކުރެއްވުމަށްފަހު ލޭބަ މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ބޫންސޮންގް ޓަޕްޗައިޔޫތު ވިދާޅުވީ އެނބުރި އިސްރާއިލަށް މަސައްކަތު ދާން ނުޖެހޭނެކަން ޔަގީން ކުރުމުގެ އާމްދަނީގެ ގޮތުގައި އެއް ފަހަރާ 18،000 ޑޮލަރު ނުވަތަ 600،000 ތައިބާތު ދޭނެ އެވެ. އަދި އުމުރުން 80 އަހަރު ވަންދެން މަހަކު 900 ޑޮލަރުގެ މުސާރައެއް ދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.