ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ. އޭނާ ވަނީ މި ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.
ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ދިރާސާ ކުރާ ސަރުކާރުގެ ވުޒާރާ މެރިން ރިސާޗް ސެންޓަރުގައި ހިދުމަތް ކުރައްވާތާ 40 އަހަރުވެފައިވާ ހަސަން ޝަކީލް ނިޔާވެއްޖެ އެވެ.
މިހާރުގެ މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ.
ޝަކީލް ނިޔާވުމާ ގުޅިގެން އެމްއެމްއާރްއައި އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޝަކީލަކީ ކަނޑުގެ ދިރުންތަކުގެ ދާއިރާ ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރައްވައިވާ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށެވެ.
އެ އެޖެންސީން ޝަކީލް ސިފަކުރައްވާފައިވަނީ އެ ދާއިރާގައި ތިބި މުވައްޒަފުންނަށް މިސާލެއް ދެއްކެވި މެންޓާއެއްގެ ގޮތުގަ އެވެ.
ޝަކީލްގެ މައްޗަށް ކަޝުނަމާދު އޮންނާނީ މިއަދުގެ މެންދުގެ ނަމާދަށްފަހު އާސަހަރާގަ އެވެ.